Offeehah nukumejjenama jalah laane kamah imraan vidhaalhuvi: ACC ge kureege Raees
image
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ--
ރައްޔާން މުޙައްމަދު
3 ކޮމެންޓް
 

އޮފީހަށް ނުކުމެއްޖެ ނަމަ ޖަލަށް ލާނެ ކަމަށް އިމްރާން ވިދާޅުވި: އޭސީސީގެ ކުރީގެ ރައީސް

އޮފީހަށް ނުކުމެއްޖެ ނަމަ ޖަލަށް ލާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން ދެއްވި ކަމަށް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.
މިވަގުތު މެލޭޝިއާގައި ހުންނެވި ލުތުފީއަށް އެކި ބާވަތުގެ އިންޒާރު ދީ ބިރު ދެއްކިކަމަށް އޭނާ ބުނާ އޯޑިއޯ އެއް މިދިޔަ ހުކުރު ދުވަހު ވަނީ މީސް މީޑިއާގައި ދައުރުކުރަންފަށައިފަ އެވެ. އޯޑިއޯގައި ލުތުފީ ބުނާގޮތުގައި ރާއްޖެ ދޫކޮށްދާން ޖެހުނީ ހައްޔަރުރާނެ ކަމުގެ ބިރު ދައްކާތީ އެވެ.

ލީކްވެފައިވާ އޯޑިއޯއާ ގުޅޭގޮތުން ރޭ ސަންގު ޓީވީ އާ ވާހަކަ ދައްވަމުން ލުތުފީ ވިދާޅުވީ އެއީ ސައްހަ އޯޑިއޯއެއް ކަމަށެވެ. އަދި އެއީ އެކަން ހިނގި ގޮތްކަމަށް ވިދާޅުވެ ލުތުފީ ވަނީ އެކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ބައިވެރިވުންވެސްވާ ކަމަށް ތުހުއްމަތު ކުރައްވައިފަ އެވެ.

ލުތުފީ ވިދާޅުވީ އޭސީސީގައި އޭނާ މަސައްކަތްކުރެއްވި އިރު އިމްރާން އޭސީސީގެ އޮފީހަށް ވަޑައިގެން ހައްޔަރުކުރައްވާނެ ކަމުގެ އިންޒާރުދީފައިވާ ކަމަށެވެ. އަދި ފްރޭމްކޮށްގެން ވެސް އެކަން ކުރެވޭނެކަމަށް އިމްރާން ވިދާޅުވި ކަމަށް ލުތުފީ ވިދާޅުވި އެވެ.

''ފްރޭމްކޮށްގެން ވެސް ތިމަންނަޔަށް ހައްޔަރުކުރެވިދާނެ ވާހަކަ އަޅުގަނޑާ ދިމާލަށް ބުނި. ތިމަންނަ ބޭނުންކަމެއް ވެއްޖިއްޔާ ފްރޭމްކޮށްގެންވެސް ކަލޭ ހައްޔަރު ކުރެވިދާނޭ ހަމަ ސީދާ އެގޮތަށް އަޅުގަނޑާ ވާހަކަ ދެއްކީ. ވާހަކަ ދައްކާފަ އިންޒާރު ދިން އަޅުގަނޑަށް. ދެން ރައީސް ޔާމީންނާ އަހްމަދު އަދީބާ ތިބެން ޖެހޭނީ ޖަލުގައޭ ހަމަ އެމޭރުމުން އަޅުގަނޑާ ވާހަކަ ދެެއްކި'' ލުތުފީ ވިދާޅުވި އެވެ.

އޭގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އާރަށުގައި ހުންނަވާވެސް ލުތުފީއަށް ގުޅުއްވާ އިންޒާރުދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ހަފްތާއެއް ފަހުން އޮފީހަށް ނުކުންނަން ފެށުމުން ލުތުފީ އަށް ގުޅާ އިމްރާން ނުރުހުން ފާޅުކުރިކަމަށް އޭނާ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ އިމްރާންގެ އިތުރުންވެސް ގޮތް ނޭނގޭ އެކި މީހުން އޭނާ އަށް ގުޅައިގެން އިންޒާރު ދިން ކަމަށެވެ. ނަމަވެސް އެކަމުގެ ފަހަތުގަ ހުރީ ކާކުކަން ނޭނގޭކަމަށް ލުތުފީ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ މައްޗަށް ބޮޑެތި ތުހުއްމަތުތަކެއް އޭސީސީގެ ކުރީގެ ރައީސް ކޮށްފައިވާއިރު އެމަނިކުފާނު މިވަގުތު ވަނީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ވަޑައިގަންފަ އެވެ.

މީސް މީޑިއާގައި ދައުރުވާ އޯޑިއޯއިން އަޑު އިވެނީ ބެލެވޭގޮތުގައި ލުތުފީއާއި އޭނާގެ ރަހުމަތްތެރިއަކާ ދެމެދު ފޯނުން ދެކެވުނު ވާހަކަތަކެކެވެ. އޯޑިއޯ އިން އަޑު އިވޭގޮތުގައި ލުތުފީއަށް ގުޅަިގެން ހުރި މީހާ އޭނާ މެލޭޝިއާއަށް ދިޔައީ ސަރުކާރާއެކު "ޑީލެއް ހަދައިގެން" ކަމަށް ބުނުމުން ލުތުފީ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ލުތުފީ ރަސްމީ ޗުއްޓީއެއް ނެންގެވުމަށް ފަހު، ވަނީ އާއިލާއާ އެކު މެލޭޝިއާއަށް ވަޑައިގެންފަ އެވެ. އޭނާގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން ދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.
ހިޔާލު

އަސްއަފަގް

މިއީ ތެދެެއް ކަމުގައި ވަންޏާ އިމްރާނުއަކީ ކުރީގަ އަހަރެމެން ދަންނަ އިމްރާނެއް ނޫން.. އޭނާވެސް ހަލާކުވެދިޔައީތާ..

އިސްލާޙު

ލުތުފީމެންނަށް ކަންކަން ކުރެވިފައި ހުރިގޮތުން ހިތުގައި ވަހުމް އުފެދި ޙަޤީޤަތެއް ނެތް ކަންކަންވެސް ހަމަލޮޮލަށް ފެނި އަޑު އިވެނީއެވެ. މާބޮޑަށް ބތާ ވީމާ ވާނީ އެހެންނެވެ.

އިހުސާނާ

ލުތުފީ ކީއްވެހޭ ތި ވާހަކަ ހުށަނޭޅީ ހުށަހަޅަން ޖެހޭ ފަރާތްތަކަށް؟ މިހާރު މުސާރަ ނަގާތާ އަށް މަސް ފަހުން ދެން ކޮން ވާހަކަ އެއް ދައްކާކަށް ހޭ؟