Taxi driverun muzaahara ah nikunnanee
image
ޓެކްސީ އަދި ޕްރައިވެޓް ކާރުތައް ޕާކުކޮށްފައިވާ ސަރަހައްދެއް -- ފޮޓޯ: ސީއެންއެމް
4 ކޮމެންޓް
 

ޓެކްސީ ޑްރައިވަރުން މުޒާހަރާ އަށް ނިކުންނަނީ

މާލެ ސަރަހައްދުގައި ޓެކްސީ ދަތުރު ކުރެވޭނެ އަގުތައް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅުމާ އެކު، ޓެކްސީ ޑްރައިވަރުން މުޒާހަރާ އަށް ނިކުންނަން ތައްޔާރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ޓެކްސީ ޑްރައިވަރުން، އެ މީހުންގެ ކަންބޮޑުވުންތައް ހާމަކުރުމަށް މުޒާހަރާ އަށް ނިކުންނަން ނިންމާފައިވަނީ، އަލަށް ޓްރާންސްޕޯޓް އޮތޯރިޓީން އިއުލާނުކޮށްފައިވާ މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރު ކުރެވޭނެ އަގުތަކަށް އަމަލު ކުރަން ފަށާ ދުވަސް ކަމަށްވާ، އަންނަ ބުދަ ދުވަހު އެވެ. އަދި މިހާރު ޑްރައިވަރުން އަންނަނީ މުޒާހަރާ އަށް ތައްޔާރުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.

"ސީއެންއެމް" އަށް ވާހަކަދެއްކި ޓެކްސީ ޑްރައިވަރަކު ބުނީ، މުޒާހަރާ އަށް ނިކުންނަން ނިންމީ މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރު ކުރެވޭނެ އެންމެ ބޮޑު އަގުގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތައް ކުޑަވުމެވެ. އަދި އޭގެ އިތުރުން އަލަށް ހުއްދަދީފައިވާ ޓެކްސީ އެޕްލިކޭޝަންތަކުގައި ޕްރައިވެޓް ކާރުތައް ރެޖިސްޓްރީ ކޮށްގެން، ޓެކްސީ ކުރާތީ އޭގެ ސަބަބުން ޓެކްސީގެ ގޮތުގައި ރެޖިސްޓްރީ ކޮށްގެން ދުއްވާ ކާރުތަކަށް ޑިމާންޑް ކުޑަވުމަކީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ޑްރައިވަރުން ބުނެ އެވެ.

މާލެ ސަރަހައްދުތަކުގެ ޓެކްސީ އަގުތަކުގެ ގޮތުގައި އަލަށް ކަނޑައެޅި ރޭޓްތައް:

- މާލެ އަދި ހުޅުމާލެ އެތެރޭގެ ދަތުރުތަކަށް 25ރ.
- މާލެ-ހުޅުލެ ދަތުރުތަކަށް 60ރ.
- ހުޅުލެ-މާލެ ދަތުރުގެ އަގު 60ރ.
- ހުޅުމާލެ-ހުޅުލެ ދަތުރުގެ އަގު 60ރ.
- ހުޅުލެ-ހުޅުމާލެ ދަތުރުގެ އަގު 60ރ.
- މާލެ-ހުޅުމާލެ ދަތުރުގެ އަގު 75ރ.
- ހުޅުމާލެ-މާލެ ދަތުރުގެ އަގު 75ރ.

މިހާރު ބްރިޖް ހުރަސްކޮށް ކުރާ ޓެކްސީ ދަތުރުތަކަށް އެންމެ ކުޑަ އަގެއްގެ ގޮތުގައި ޑްރައިވަރުން ނަގަނީ 100ރ. އެވެ. އަދި ކުރިން އެ އަގު ކުޑަކުރި ނަމަވެސް، ޑްރައިވަރުން ނުހުރުން ފާޅުކުރުމުން ފަހުން އޮތީ، ކުރިން ކަނޑައެޅި އަގުތައް ބާތިލް ކޮށްފަ އެވެ.

ބުރާސްފަތި ދުވަހު އާ އަގުތައް ނެރުމާ އެކު އަނެއްކާ ވެސް ޑްރައިވަރުން މުޒާހަރާ އަށް ތައްޔާރުވެފައިވާއިރު، ޓެކްސީ ޑްރައިވަރުންނަކީ އެ މީހުން ބޭނުންވާ ގޮތަކަށް ކަންތައްތައް ނިންމާ ބައެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރެ އެވެ. އެގޮތުން މީގެ ކުރިން ވެސް ޓެކްސީ ޑްރައިވަރުން ވަނީ ޓެކްސީ ކުރުން ހުއްޓާލުން ފަދަ ކަންކަން ކޮށްގެން އެ މީހުން ބޭނުންވާ ގޮތަކަށް ކަންކަން ނިންމައިފަ އެވެ.
ހިޔާލު

ސަންގަމް

މާލެ-މާލެ ދަތުރުގެ އަގު 10 ރުފިޔާ

އިސްލާހު

މާލޭ ގެ ކުލި ކޮންޓްރޯލް ކޮއްދޭން ސަރުކާރަށް ގޮވާލަމެވެ. ޓެކްސީތަކުގެ ފީކަނޑަ އެޅުމުގެކުރިން މީ ކުރަން ޖެހޭކަމެކެވެ.

ނަޖްވާ

މި ފަހަރު ދޫ ދީގެން ނުވާނެ ކަމަށް ދެކެނީ! މީ ދެން ކޮންފަދަ ކަމެއްތަ އާއްމުންނަށް ދުއްޕާން ކުރަންވެގެން! ފިސާރި ބޮޑު ކުންފުންޏަކުން ޓެކްސީގެ ޚިދްމަތް ބަރާބަރަށް ފޯރުކޮށްދޭން ފެށީމަ ހުންނާނީ ރާކަނި މަސް ކެވިފަ!

ޑިމޮކްރަސީ

މިހާރު ޓްރާންސްޕޯރޓް މިނިސްޓްރީ ގެ ބޮޑުން ތިބޭނީ ރަޖާލައިގެން މުޒާހަރާ ކުރާބަޔަކު ކޮށްކޮށް ބައިތިއްބަބަލަ ރައްޔިތުންނަށްޓަކާ ނިންމާކަންތައްތައް ތަންފީޒުކުރަން ކެރެންޖެހޭނެ ނުނީ ގޭގަ ތިބެންވީނު ރަޖާއޮޅައިގެން