Dhevana quarter gaii MIRA ah 3.99 billion rufiyaa libifaivey
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދެވަނަ ކުއާޓާގައި މީރާ އަށް 3.99 ބިލިއަން ރުފިޔާ ލިބިފައިވޭ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އާމްދަނީގެ ގޮތުގައި 3.99 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް ހާމަކޮށްފި އެވެ.
މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި މީރާ އަށް ލިބުނު އާމްދަނީ އާއި އަޅާ ބަލާއިރު 14.1 އިންސައްތަ އިތުރު އަދަދެކެވެ.

ދެވަނަ ކުއާޓާގެ ޓެކުހުގެ އާމްދަނީތަކުގެ ތެރެއިން ބީޕީޓީ، ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއަޕޯޓް ސަވިސް ޗާޖް، އެއަޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ރިޒޯޓްތަކުގެ ކުލިން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.

މީރާ އިން އާއްމު ކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓާގެ މާލީ ހިސާބުތައް ދައްކާ ގޮތުން، ދެވަނަ ކުއާޓާގައި އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ޖީއެސްޓީ އިންނެވެ.

މީރާ އަށް ލިބުނު އާމްދަނީގެ 51 އިންސައްތަ އަކީ ޖީއެސްޓީ އަށް ވާއިރު ޖީއެސްޓީ އިން 2.05 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ނުލިބި ހުރި ފައިސާތައް ހޯދުމުގެ ތެރެއިން ވެސް މީރާ އަށް ވަނީ 238 މިލިއަން ރުފިޔާ ލިބިފަ އެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 160.5 މިލިއަން އެމެރިކާ ޑޮލަރު ވަނީ މީރާ އިން ބަލައިގެންފަ އެވެ.

މީރާ އިން ލަފާކުރަނީ މި އަހަރުގެ ތިން ވަނަ ކުއާޓާގައި 4.49 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާއި އަޅާ ބަލާއިރު 1.5 އިންސައްތައިގެ ކުރިއެރުމެކެވެ.
މީރާ
ހިޔާލު