Miyaheleege namugai Social Innovation Camp eh baahvanee
image
ކުރިން ބޭއްވި މިޔަހެލި އިނޮވޭޝަން ކޭމްޕުގެ ބައިވެރިން-- ފޮޓޯ: އުރީދޫ
0 ކޮމެންޓް
 

މިޔަހެލީގެ ނަމުގައި ސޯޝަލް އިނޮވޭޝަން ކޭމްޕެއް ބާއްވަނީ

މިޔަހެލީގެ ނަމުގައި ސޯޝަލް އިނޮވޭޝަން ކޭމްޕެއް މިމަހުގެ 29 އިން 31 ގެ ނިޔަލަށް ބާއްވަން ޔުނައިޓަޑް ނޭޝަންސް ޑެވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ނިންމައިފި އެވެ.
މި ކޭމްޕަކީ ވަކި ވަކި ފަރުދުން ބާރުވެރިކުރުމާއި އެދެވޭ ބަދަލުތައް ގެނައުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް ޒުވާނުންނާއި ކަމާބެހޭ މާހިރުން އެއްތަންވެ މުޖުތަމަޢުއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ޔޫއެންޑީޕީން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ކޭމްޕެކެވެ.

މިއަހަރުގެ ކޭމްޕުގެ ތީމެއްގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތައް ކަނޑައަޅާފައި ވާއިރު ކޭމްޕު ކުރިއަށްދާނީ މައިގަނޑު ތިން ދާއިރާއަކަށް އިސްކަންދީގެންނެވެ. އެއީ މާއްދީ ގޮތުން ނުވަތަ މާހައުލުގެ ތެރޭގައި ކުރިމަތިވާ ހުރަސްތަކާއި މުއާސަލާތު ކުރުމުގައި އަދި މައުލޫމާތު ލިބި ގަތުމުގައި ކުރިމަތިވާ ހުރަސްތަކުގެ އިތުރުން މުޖްތަމައު އިން ދެކޭ ގޮތުން ކުރިމަތިވާ ހުރަސްތަކެވެ.

މި ކޭމްޕުގައި އަށާރަ އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހިންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.

ޔޫއެންޑީޕީން ބުނީ، އެ ކޭމްޕުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ގޮންޖެހުންތަކަށް ޒުވާނުން ގުޅިގެން ކުރިމަތިލާ އެކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުން ކަމަށެވެ.

އެ ކޭމްޕުގައި ހުށަހެޅޭ ހިޔާލުތަކުގެ ތެރެއިން އެންމެ މޮޅު ހިޔާލުތައް ފާހަގަކޮށް ވަނަ ހޮވަން ވެސް ނިންމާފައި ވާއިރު މި ކޭމްޕުގައި ހުށަހެޅޭ ހިޔާލުތަކުގެ ތެރެއިން އެންމެ މޮޅު ހިޔާލުތައް ފާހަގަކޮށް ވަނަ ހޮވޭނެ އެވެ. އަދި އެއްވަނަ އަދި ދެވަނަ ލިބޭ ފަރާތްތަކަށް ސީޑް ފަންޑިންގެ އިތުރުން ޔޫއެންޑީޕީގެ ރީޖަނަލް ޕްރޮޖެކްޓް - ޔޫތު ކޯ-ލެބްގެ ދަށުން ހިންގާ ރީޖަނަލް ސްޕްރިންގް ބޯޑް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބި، މަސައްކަތް ކުރިއަށްދާ ގޮތް ބަލާ ޔޫތު ކޯ-ލެބް ސަމިޓް 2020 ގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އަދި ތިން ވަނަ ލިބޭ ފަރާތަށް ވެސް ސީޑް ފަންޑިން ދިނުމަށް ހަމަޖެހިފައި ވެއެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދާ އެ ކޭމްޕުގައި ބައިވެރިވާން ޝައުޤުވެރިކަން ހުރި ފަރާތްތަކުން ގޫގުލް ފޯމް މެދުވެރިކޮށް ހިޔާލު ހުށަހެޅުއްވުމުގެ ފުރުސަތު މިމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާވި ފައެވެ.
ހިޔާލު