America ga dhin badeege hamalaa thakaai gulhigen thauziyaa fonuvaifi
image
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

އެމެރިކާގައި ދިން ބަޑީގެ ހަމަލާތަކާއި ގުޅިގެން ޝާހިދު ތައުޒިޔާ ފޮނުއްވައިފި

އެމެރިކާގެ ދެ ސްޓޭޓެއްގައި މިއަދު ދިން ބަޑީގެ ހަމަލާތަކާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެގައުމުގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ރިޗަޑް ޕޮމްޕިއޯ އަށް ތައުޒިޔާގެ މެސެޖެއް ފޮނުވައިފި އެވެ.
ޓެކްސަސްގެ ވޯލްމާޓް ފިހާރައެއްގައި ދިން ބަޑީގެ ހަމަލާގައި 20 މީހަކު މަރުވެފައި ވާއިރު، އޮހާޔޯގެ ބާއެއްގެ ބޭރުގައި ދިން ހަމަލާގައި ވެސް 16 މީހުން މަރުވި އެވެ. އެ ހަމަލާތަކުގައި ގިނަ ބަޔަކު ޒަހަމްވެސް ވިއެވެ.

ޝާހިދުގެ މެސެޖުގައި ވަނީ ކުށެއް ނެތް އާއްމުންގެ އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވި ހަބަރު އެއްސެވީ ފުން ހިތާމަޔާއި އެކުގައި ކަމަށް ވިދާޅުވެފަ އެވެ.

އަދި މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ތައުޒިޔާ ރައްދުކޮށްދެއްވުމަށް ޝާހިދު އެދިވަޑައިގެންނެވި އެވެ.

އަދި މި ޙާދިސާގައި ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ޝާހިދުގެ މެސެޖުގައި ވިދާޅުވި އެވެ.
ހިޔާލު