''India in Rajje ah Adheeb havaalu kuree gaanoonaai khilaafah''
image
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަދި އެމަނިކުފާނު ދަތުރުކުރެއްވި ވާގޯ 9 ބޯޓު--
ރައްޔާން މުޙައްމަދު
4 ކޮމެންޓް
 

އިންޑިއާއިން ރާއްޖެއަށް އަދީބު ހަވާލު ކުރީ ގާނޫނާއި ހިލާފަށްކަމަށް ބައިނަލްއަގްވާމީ ވަކީލުން ބުނެފި

ގަވާއިދާއި ހިލާފަށް ޓަގް ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅުނު ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ދިވެހި ފުލުހުންނާ އިންޑިއާގެ ސަރުކާރުން ހަވާލުކުރީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ކަމަށް އަދީބު ތަމްސީލް ކުރައްވާ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ލަންޑަންގައި ހުންނަ ލޯ ފާމް އަކުން އާދީއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަދީބު ދަތުރުކުރި ވާގޯ 9 ޓަގް ބޯޓު އިންޑިއާގެ ތަމިލް-ނާދޫގެ ޓުޓްރިކޮންގެ ބަނދަރާއި ގާތްކުރި ވަގުތު އޭނާގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން އޭނާއާ ވާހަކަދައްކާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އަދީބުއާ ވާހަކަދެއްކުމުގެ ފުރުސަތު އިންޑިއާއިން ދީފައިނުވާ ކަމަށް ވަކީލުން ބުނެއެވެ.

އަދީބު ދަތުރުކުރި ބޯޓު ހުއްޓުވާފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަންގާފައިވީ ނަމަވެސް އެވަގުތު ވަކީލުންނަށް ލިބުނު ފޮޓޯތަކުން، ވާގޯ 9 ބޯޓު އޮތީ ޓުޓްރިކޮންގެ ބަނދަރާއި ދެތިން ސަތޭކައެއްހާ މީޓަރުދުރުގައިކަން ހާމަވާކަމަށް ނޫސްބަޔާނުގައި ވެއެވެ. ނަމަވެސް ކަނޑުތަކުގެ ގާނޫނޫގައިވާ ގޮތުން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދެއްކަމަށް ބެލޭނީ ގައުމުގެ އައްސޭރި ފަށުން 12 ނޯޓިކަލް މޭލު ބޭރުކަމަށް ނޫސްބަޔާނުގައި ފާހަގަކުރެ އެވެ.

އަދީބު ހުންނެވި ބޯޓު އިންޑިއާގެ ފުލުހުން ހިފަހައްޓާފައި ހުރި ވަގުތު އޭނާ ހުރީ ހައްޔަރުކޮށްފައި ނޫން ކަމަށާއި އެކަމާބެހޭގޮތުން އެގައުމުގެ ސަރުކާރާ ވާހަކަދެއްކުމަށް އިންޑިއާގެ ޗީފް އޮފް ޕޮލިސް ވިދާޅުވި ކަމަށް ވެސް ބަޔާނުގައި ވެއެވެ. ނަމަވެސް ވަކީލުންގެ ޓީމުން ތަމިލް-ނާދޫގެ ސަރުކާރުގެ ޗީފް ސެކްރެޓަރީއަށް ފޮނުވި އެއްވެސް މެސެޖަކަށް އެފަރާތުން ރައްދު ދީފައިނުވާކަމަށް ވަކީލުން ބުނެއެވެ.

އޭގެ ފަހުން އަދީބު ދަތުރުކުރި ބޯޓު ހިފަހައްޓާފައި ހުރީ ޓުޓްރިކޮންނާ 500 މީޓަރެއްހާ ދުރުގަ ކަމަށާއި ތަމިލް-ނާދޫގެ މަންދުބަކާއި އިންޑިއާގެ މައި ސަރުކާރުގެ މަންދޫބެއް ބޯޓަށް އަރާވަޑައިގެން އަދީބުއާ ސުވާލުކުރަމުންދިޔަ ކަމުގެ މައުލޫމާތު ވަކީލުންނަށް ލިބިފައިވާކަމަށް ނޫސްބަޔާނުގައި ވެއެވެ.

އަދީބު ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ވަނީ އޭނާ އިންޑިއާއަށް ދިޔައީ ސަރުކާރުގެ ހިމާޔަތް ހޯދުމަށް ކަން ފާހަގަކޮށް އޭނާ އާ ސުވާލުކުރި އިރު އަދީބުގެ ފަރާތުން އެއްވެސް ވަކީލަކު ހަމަޖައްސާދީފައި ނުވާކަމަށް ބުނެފައެވެ. އަދި އިންޑިއާގެ މައި ސަރުކާރުން އަދީބާއި މެދު ގޮތެއް ނިންމާނެކަމަށް ބުނި އިރުވެސް އަދީބާ ވާހަކަދެއްކުމުގެ ފުރުސަތު ވަކީލުންނަށް ދީފައިނުވާކަމަށް ވެއެވެ.

އަދީބު ހުރީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދެއްގައި ކަމަށް ބުނެ ރާއްޖޭގެ ފުލުހުންނާއި އޭނާ ހަވާލުކުރަން އުޅުމުންވެސް އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފުކަމެއްކަން އިންޑިއާގެ ސަރުކާރުގެ ސަމާލުކަމަށް ގެނައި ކަމަށް ވަކީލުން ބުނެއެވެ.

ވަކީލުން ބުނެފައިވާ ގޮތުގައި އަދީބުއަކީ ގަވާއިދާއި ހިލާފަށް އިންޑިއާއަށް އެތެރެވާން މަސައްކަތްކުރި މީހެއް ނަމަވެސް ހިމާޔަތަށް އެދުމުން އިންސާނީ ހައްގުތަކަށްޓަކައި އިންޑިއާގެ ސަރުކާރުން އެކަން ކަށަވަރުކޮށްދޭން ޖެހޭނެ އެވެ. ރާއްޖޭގެ ސަރުކާރުން އަދީބާއި މެދު ކަންތައް ކުރަމުން ދަނީ އިހާނެތިކޮށްކަމަށާއި ކަނޑުމަގު އެމަނިކުފާނު ފިއްލަވަން މަސައްކަތްކުރެއްވުމަކީވެސް މީގެ ހެތްކެއް ކަމަށް ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނުގައި ވެއެވެ.

އަދީބު ރާއްޖޭ ފުލުހުންނާއި ހަވާލުކޮށްފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ވަކީލުން ތުހުއްމަތު ކުރާއިރު އެމައްސަލާގައި ޖެނިވާގައި ހުންނަ އދ ގެ ސްޕެޝަލް ޕްރޮސީޖާސް އަދި އދ ގެ ވޯކިން ގްރޫޕް އޮން އާރބިޓްރަރީ ޑިޓެންޝަން އަށް ޕެޓިޝަނެއް ހުށައަޅާނެ ކަމަށްވެސް ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގައި ބައިވެރިވި ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެވުނު އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނިކޮށް، ޓަގު ބޯޓެއްގައި ފިއްލަވައިގެން ރާއްޖެއިން ބޭރަށް ދަތުރު ކުރައްވަނިކޮށް އިންޑިއާގެ ޓުޓިކޮރިން ބޭރުން އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް އަދީބު ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހު މެންދުރެވެ.

އަދީބު ފިލަން ކުރެއްވި މަސައްކަތް ފަޅާ އެރުމުން، ފުލުހުން ނެރުނު ބަޔާނުގައި ބުނީ އަދީބު ފިލައިގެން އުޅެނިކޮށް ހިފަހައްޓާފައިވާ ކަމަށާއި އެމަނިކުފާނު ރާއްޖެ އަށް ގެނައުމުގެ ކަންކަން ބޭރުގެ ގައުމުތަކާ ގުޅިގެން ކުރިއަށް ދާ ކަމަށެވެ. އަދި ފުލުހުން ބުނެފައި ވަނީ އަދީބު ފިލުމަށް އެހީވި ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

އަދީބު މާލެ ގެނައުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުން ކުރަމުންދާ އިރު އަދީބު މާލެ ގެނެވޭނެ ވަކި ވަގުތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ހިޔާލު

ލާރި

ލާރި ކެއީ ގާނޫނާ އެއްގޮތައް ތޯ؟

ވިސްނާ

އޭނަ ކައިރީ ބުނެބަލަ ފުރަތަމަ ބްރޯއޭ ގާނޫނާ ހިލާފުވީ. ރައްޔިތުންގެ ބައިތުލްމާލު ދިރުވާލީ އެހެންމީހަކަށް ބައެއް އަޅަފަ. އަނެެއްކޮޅުން އިންޑިޔާގެ ސަރަހައްދަށް ވަނީވެސް ގަވާއިދާ ހިލާފަށް. ސޯ. ދެން ކީކޭ ބުނަން އޮންނާނީ.

ކޮކީ

ފުރަތަމަ އަދީބު އިންޑިއާއަށް އެތެރެވީ ގާނޫނާ އެއްގޮތަށްތޯ

މަގާމު

އަދީބު ރައްޔިތުންގެ ލާރިގަނޑު ދަވާލީވެސް ޤާނޫނީއިމުންބޭރުން ވަގަށް، އަދީބް ގާނޫނާ ހިލާފަށް ފިލައިގެން ދިޔައީ ކީއްވެ؟ އަދީބަށް އެކަނިތަ ޕާސްޕޯޓާ ނުލާ އެއްގައުމުން އަނެއްގައުމަށް ދިޔުމުގެ މިނިވަންކަން އޮތީ؟ ކޮރަޕްޓް ވަކީލު