Magistrate court thakugai nunimi huri massalathah JSC in balanee
image
ޖޭއެސްސީގެ ބައެއް މެމްބަރުން--ފޮޓޯ: މިހާރު
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

މެޖިސްޓްރޭޓް ކޯޓުތަކުގައި ނުނިމިހުރި މައްސަލަތައް ބަލަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެފި

ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ނުނިމިހުރި މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފި އެވެ.
މިކަން ޖޭއެސްސީން ހާމަކޮށްފައިވަނީ މިއަދު ކުރި ޓްވީޓަކުންނެވެ. ޖޭއެސްސީން ކުރި ޓްވީޓްގައި ބުނެފައިވަނީ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގައި ނުނިމިހުރި މައްސަލަތަކާ ބެހޭ މައުލޫމާތު ހޯދުމަށް އެކޯޓުތަކުން އެދިފައިވާ ކަމަށެވެ.

ޖޭއެސްސީން ދާދި ފަހުން ވަނީ ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތަކުގެ ރިޕޯޓެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

ޖޭއެސްސީން އެކުލަވާލި ރިޕޯޓުގައި ވާގޮތުން ކްރިމިނަލް ކޯޓުގައި މި އަހަރުގެ މިހާތަނަށް ނުނިމި އޮތް 1،910 މައްސަލައެއް އެބައޮތެވެ.

މައްސަލަތައް ނުނިމި ދިގުލައިގެން ގޮސްފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ރިޕޯޓް އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ހޯމް މިނިސްޓްރީން ތައްޔާރުކުރި ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައިވެސް މައްސަލަ "ގެއްލިފައިވާ" ގިނަ އަދަދެއްގެ ބަޔަކު ނާއިންސާފުން ޖަލުތަކުގައި އުޅޭކަން ވަނީ ހާމަވެފައެވެ.
ހިޔާލު

ނާޅި

ޖޭއެސްސީގައި ނުނިމި ތާށިވެފައި ތިޔަހުރި މައްސަލަ އަވަހަށް ނިންމަންވީ ނުންތޯ ؟