24 gadi iru therey America gawi dhe badi jehumuge dhe haadhisaagai 29 maru
image
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

24 ގަޑިއިރު ތެރޭގައި އެމެރިކާގައި ބަޑި ޖެހުމުގެ ދެ ހާދިސާގައި 29 މަރު

އެމރިކާގައި 24 ގަޑި އިރު ތެރޭ ބަޑި ޖެހުމުގެ ދެ ހާދިސާ ހިނގާ އެތައް ބަޔަކު މަރާލައިފި އެވެ.
އެމެރިކާގެ ޓެކްސަސްގެ އެލް ޕާސޯ ސިޓީ ގައި ހެނދުނުގެ ވަގުތެއްގައި މީހަކު ދިން ބަޑީގެ ހަމަލާތަކެއްގައި 20 މީހުން މަރާލައިފައިވާ އިރު ދަންވަރު ވަގުތެއްގައި ވަނީ އޮހާއޯގެ ޑޭޓަން ސިޓީގައި ދިން ބަޑީގެ ހަމަލާތަކެއްގައި ނުވަ މީހުން ވަނީ މަރުވެފަ އެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ ފުޓޭޖްތަކުން ފެންނަގޮތުގައި ބަޑި ޖަހަން ފެއްޓުމާއެކު މީހުންތައް ވަނީ އެކި ދިމަ ދިމާލަށް ދުވަން ފަށައިފަ އެވެ. މި ހާދިސާ ހިނގާފައިވަނީ ޑޭޓަން ސިޓީގައި ބާއެއް ހުންނަ ސަރަހައްދުގަ އެވެ.

ފުލުހުން ބުނިގޮތުގައި ބަޑި ޖެހުމުގެ ސަބަބުން މަރުވި އެންމެންވެސް މަރުވެފައިވަނީ މަގުމަތީގަ އެވެ. މި ހާދިސާގައި ނުވަ މީހުން މަރުވެފައި ވީ ނަމަވެސް ފުލުހުން ވަނީ ހަމަލާާދިން މީހާ ބަޑިޖަހަނިކޮށް އޭނާ މަރާލައިފަ އެވެ.

އޮހާއޯ ފުލުހުން ބުނި ގޮތުގައި ބަޑިން ހަމަލާ ދީފައިވަނީ އުމުރުން 24 އަހަރުގެ ކޮނާ ބެޓްސް އެވެ. އޭނާއަކީ އޮހާއޯގެ ބެލްބްރޫކް ސިޓީގެ ރައްޔިތެކެވެ.

ފުލުހުން ވަނީ އޭނާ ދިރިއުޅެމުން ދިޔަ ގެ ވެސް ބަލާ ފާސްކޮށްފަ އެވެ.

އެލް ޕާސޯ ގެ ވޯލްމާޓް ފިހާރާގައި ބަޑި ޖެހުމުގެ ހާދިސާއެއް ހިނގާފައިވާއިރު އެ ހަމަލާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަކީ ޕެޓްރިކް ކްރުސިއަސް ނަމަކަށް ކިޔާ މީހެއް ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެ އެވެ.
ހިޔާލު