Adeeb alun hayyaru koh Dhoonidhoo ah gengosfi
image
މިއަދު ފަތިހު އަދީބު ހައްޔަރުކޮށްގެން ގެންދަނީ--
2 ކޮމެންޓް
 

އަދީބު އަލުން ހައްޔަރުކޮށް، ދޫނިދޫ އަށް ގެންގޮސްފި

އެއްވެސް ލިޔެކިޔުމެއް ނެތި ރާއްޖެއިން ފިލަން މަސައްކަތް ކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިއަދު ފަތިހު އަލުން ހައްޔަރު ކުރުމަށް ފަހު ދޫނިދޫ ޖަލަށް ގެންގޮސްފި އެވެ.
އަދީބު ވަނީ ޓަގުބޯޓެއްގެ ކްރޫ މެމްބަރަކަށް ހެދިގެން ފިލަން އުޅެފަ އެވެ. އެކަން ފަޅާއެރުވީ އެ ބޯޓުގައި ހުރި އިންޑިއާގެ ކްރޫ މެމްބަރެކެވެ. ރޭގެ ވަގުތެއްގައި އޭނާ ވަނީ މާލެ ގެނެސްފަ އެވެ.

ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އަދީބު ހައްޔަރު ކުރީ ގާނޫނާއި ހިލާފަށް ކަމަށް ބުރެ ރޭ ކްރިމިނަލް ކޯޓުން ބަންދު އަމުރެއް ނުދިނެވެ. އެއާއެކު އަދީބު ގެއަށް ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.

އަނެއްކާ މިއަދު ފަތިހު އޭނާ ހައްޔަރު ކުރީ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ޓަގުބޯޓުގައި އިންޑިއާ އަށް ދިޔަ މައްސަލައިގަ އެވެ. އަދި ޖިނާއީ މައްސަލައެއްގައި ކުށަށް އިއުތިރާފުވެ، ކޯޓަށް ހާޒިރުވެ ހެކި ބަސް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު ފިލި މައްސަލައިގަ އެވެ.

ހިޔާލު

އަހުމަދު

މި އަދީބު މި ޤައުމަށްހުރި މުސިޞަތަކަށްވެއްޖެއެއްނު..،. މީނަގެ ކިބައިން ސަރުކާރަށްމިއުޅެނީ ސަލާމަތްނުވެވިގެން...
ދެންވެސް މީނަކުރިމިކުށަށް އަދުލުވެރި ހުކުމެއް އަވަސް ކޮށްްދީބަލަ..

ފިރުނޓޭ

ބަލަގަ އޭނަ ގެނައި އިރުވެސް އޮންނަން ޖެހޭނީ، އޭނަ ޕާސްޕޯޓު ހިފަހައްޓާފަ އޮއްވާ ދިޔަ މައްސަލައިގަ ދައުވާ ތައްޔާރު ކުރެވި ދައުވާ ކުރަން ރެޑީ ކުރެވިފަ! ފަތިހަކު ނޫން އެ ކަންކަން ވިސްނިގެން ކޯޓު ހުޅުވައިގެން މުއްދަތު ޖަހާނީކީ އެއް!