Cartoon belumakee kudhinge handhaan gadhavaa kameh
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ކާޓޫން ބެލުމަކީ ކުދިންގެ ހަނދާން ގަދަވާ ކަމެއް

ކުޑަކުދިންނަކީ ކާޓޫން ބެލުމަށް އިންތިހާއަށް ޝައުގުވެރިކަން ހުންނަ ބަޔެކެވެ. ގިނަ ފަހަރަށް ކާޓޫން ބެލުމުގައި މުޅި ދުވަސް ވެސް ހޭދަކޮށްފާނެ އެވެ.
މާ ގިނައިން ކާޓޫން ބެލުމުން އެ ކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތަކާއި މެދު ވިސްނައި، ގިނަ ބެލެނިވެރިން މިކަމާއި މެދު ކަންބޮޑުވުން ފާޅުކުރެ އެވެ.

ނަމަވެސް އިވެލުއިޝަނަރީ ސައިކޮލޮޖީ އެންޑް އެޑިއުކޭޝަންގެ ޔޫޕީވީ ޑިޕާޓްމެންޓުން ހެދި ދިރާސާތަކުން ދައްކާ ގޮތުން ކުޑަކުއްޖާގެ ހެދިބޮޑުވުމަށް ކާޓޫންގެ ސަބަބުން ކޮންމެ ވެސް ވަރަކަށް ރަނގަޅު އަސަރުތައް ކުރެ އެެވެ.

އެ ޑިޕާޓްމެންޓުން ވަނީ ސްކޫލް ދަރިވަރުންގެ މެދުގައި މިކަމަށް ގިނަ ދިރާސާތައް ހަދާފަ އެވެ.

އެ ދިރާސާތަކުން ދައްކާ ގޮތުން ކާޓޫން ބަލާ ކުދިންގެ ހަނދާން ގަދަވެ، ކަންކަމަށް ސަމާލުކަން ދޭން މިންވަރު ބޮޑުވެ ހަމަ އެހެންމެ ނެރޭޓިވިޓީ ހުނަރު ނުވަތަ ކަންތައްތައް ހުށަހަޅައި ލިޔުމުގެ ހުނަރު ތަރައްގީވެގެންދެ އެވެ.

އެގޮތުން ނެރޭޓިވް ކާޓޫންތައް ބަލާ ކުދިންގެ އެ ހުނަރު ރަނގަޅު ކަމާއި ނަން ނެރޭޓިވް ކާޓޫން ބަލައި ކުދިންގެ މި ހުނަރު އެއަށްވުރެ ދަށް ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ހަމަ އެހެންމެ ނެރޭޓިވް ކާޓޫންތަކުން ކުދިންނަށް ކަންތައްތަަކަށް ސަމާލުކަން ދެވޭ މިންވަރު ކުޑަވާ ކަމަށާއި ނަން ނެރޭޓިވް ކާޓޫންތަކުން ސަމާލުކަން ދެވި ވަރަށް ރަނގަޅު އަސަރުތަކެއް ކުރެ އެވެ.
ކުޑަކުދިން
ހިޔާލު