Adeeb filaigen dhiyaee Intelligence fail vefai othumun: Mickail
image
މީކާއިލް އަހްމަދު ނަސީމް--
1 ކޮމެންޓް
 

އަދީބު ފިލައިގެން ދިޔުމުގައި ފުލުހުންގެ އިންޓަލިޖެންސް ފެއިލްވެފައިވާ ކަމަށް މީކާއިލް ވިދާޅުވެއްޖެ

ޓަގު ބޯޓެއްގައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ރާއްޖެއިން ފިލަން މަސައްކަތް ކުރުމުގެ މައްސަލާގައި "ސިއްރު ފުލުހުން" ފެއިލްވެފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އަދީބު ވަގަށް އިންޑިއާއަށް އެތެރެވާން އުޅެނިކޮށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ރާއްޖެ ގެނައީ ރޭގެ ވަގުތެއްގަ އެވެ. އަދީބު ހައްޔަރުކޮށްގެން މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމަށް އެމަނިކުފާނު ހައްޔަރުކުރީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ ކޯޓުން ރޭ ދޫކޮށްލި އެވެ. ކޯޓުން އަދީބު ދޫކޮށްލުމާއި ގުޅޭ ގޮތުން މަޖިލީހަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މިއަދުގެ ރައްޔިތުން މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ މީގެ ކުރިން ވެސް އަދީބާއި ގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް އޭނާ ހުށަހެޅުއްވީ އަދީބު ފިލާފާނެ ކަމަށް ޔަގީން ކުރެވޭތީ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމުގެ ގޮތުން ކަމަށެވެ.

އަދީބު ފިލައިގެން ދިޔައީ ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތައް ބަލަބަލާ ތިއްބާ ކަމަށް މީކާއިލް ވިދާޅުވި އެވެ. ލިބުނު ހަނި ފުރުސަތެއްގެ ތެރެއިން އަދީބު ފިލައިގެން ދިޔައިރު އޭނާ ހައްޔަރުކޮށްގެން ވެސް ގެނައީ ހަނި ފުރުސަތެއްގެ ތެރެއިން ކަމަށް މީކާއިލް ވިދާޅުވި އެވެ. މީކާއިލް ވަނީ އަދީބަށް އެހާ ހިސާބަށް ދެވުނީ ކިހިނެއްތޯ ސުވާލު އުފައްދާފަ އެވެ.

"އަޅުގަނޑުމެންނަށް މުހިއްމީ އޭނާ ދާ މަންޒިލެއް ނޫން. އަޅުގަނޑުމެންނަށް މުހިއްމީ އޭނާއަށް އެ ހިސާބަށް ދެވުނީ ކިހިނެއްތޯ. ޕޮލިސް އިންޓަލިޖެންސް ފެއިލިއޭއެއް ވާކަން އަޅުގަނޑުމެންނަށް ވަރަށް ސާފު އިއްޒަތްތެރި ރައީސް. މިއީ ނުދައްކަން ޖެހޭ ވާހަކައެއް ނޫން. އަޅުގަނޑުމެންނަށް މިކަހަލަ ވާހަކަ މިތާ ނުދެއްކޭ ކަމަށް ވަންޏާ އަދީބު ކީއްކުރަންތޯ އަބްދުﷲ ޔާމީން ވެސް އަނެއް ދުވަހު ތަނެއްގައި ފިލާ ހުއްޓާ އަޅުގަނޑުމެންނަށް ފެންނާނީ،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވަނީ އަހްމަދު އަދީބު ޑިފެންސް މިނިސްޓަރު ކަމަށް ވަގުތީ ގޮތުން ހަވާލުވި ކުޑަ މުއްދަތެއްގެ ތެރޭގައި ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލާގައި ހިމެނޭ އެތައް ބަޔަކު ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ރާއްޖެއިން ފުރުވާލެވިފައިވާ ކަމަށް ވެސް ތުހުމަތު ކުރައްވާފަ އެވެ.

މީކާއިލް ވަނީ އެފަދަ މުއައްސަސާތަކުގައި އަދިވެސް އެ ޖަރީމާތައް ހިންގި ބޭފުޅުން ތިއްބެވީތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަދީބު ހައްޔަރުކޮށް މުއްދަތު މަޖިލީހަށް މުއްދަތު ޖެހުމަށް ގެންދިއުމުން އަދީބުގެ މައްސަލަ ފުލުހުންގެ މުއައްސަސާ އިން ބައްލަވަމުން ގެންދަވާ އިންވެސްޓިގޭޓިވް އޮފިސަރު ވިދާޅުވެފައި ވަނީ އަދީބު ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ނަމަވެސް އަދީބު ހައްޔަރު ކުރެއްވީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ކަމަށް އައިއޯ އިއުތިރާފުވެވަޑައިގަތެވެ.

އައިއޯ އެފަދައިން ވިދާޅުވުމުން އަދީބުގެ ގާނޫނީ ވަކީލު މަހްފޫޒު ސައީދު ވަނީ އަދީބު ހައްޔަރުކުރި ކުރުމަކީ ގާނޫނާއި ހިލާފު ހައްޔަރެއް ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން އަދީބު ހައްޔަރު ކުރީ އިޖުރާއަތްތަކާއި ހިލާފަށް ކަމަށް މަހްފޫޒު ފާހަގަކުރެއްވި އެވެ.

މަހްފޫޒު އެ ނުކުތާ ފާހަގަކުރެއްވުމުން މުއްދަތު މަޖިލީހުގެ މައްސަލަ ބައްލަވަން އިންނެވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ވަނީ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ)ގެ ފަރާތުން އެކަން ސާފު ކޮށްދެއްވުމަށް ދަންނަވާފަ އެވެ. އެގޮތަށް ދެންނެވުމުން ޕީޖީގެ ވަކީލު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ނުވާތީ އެތަނަށް ރާއްޖޭގެ ކޯޓަކުން ރާއްޖޭގެ ގާނޫނުގެ ދަށުން ނެރެފައިވާ ކޯޓު އަމުރެއް ނުހިނގާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެތަނުގައި ހިނގާނީ ބައިނަލްއަގްވާމީ މުއާހަދާތަކާއި ކަނޑުގެ ގާނޫނުތައް ކަމަށެވެ.

މި މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން އެ މުއާހަދާތަކާއި ގާނޫނުތަކާއި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ހިލާފުވާ ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަދީބު ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ އެއްވެސް ގާނޫނަކުން ބާރެއް އޮވެގެން ނޫން ކަމަށެވެ. އަދީބު ހައްޔަރު ކުރުމުގައި ގާނޫނާ ހިލާފުވެފައިވާ ކަމަށް ދައުލަތުން އެއްބަސްވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އަދީބުގެ ބަންދުގެ މުއްދަތު އިތުރު ނުކުރަން ގާޒީ އަލީ ރަޝީދު ނިންމެވީ ވެސް އެކަން އެގޮތަށް އޮތުމުންނެވެ. އެއީ ގާނޫނުތަކާއި ހިލާފަށް އަދީބު ހައްޔަރު ކުރުމުންނެވެ.
ހިޔާލު

ހ

ބަލަ ތީ ހުސް ޑްރާމާ.ސަރުކާރުން އޭނަ ފިލުވަން އުޅެނީވެސް