Foreign ministry ge office vaguthee gothun ehen thanakah
image
ފޮރިން މިނިސްޓްރީ އިމާރާތް-- ފޮޓޯ: ފޮރިން މިނިސްޓްރީ
0 ކޮމެންޓް
 

މަރާމާތުގެ މަސައްކަތަށް ފޮރިން މިނިސްޓްރީގެ އޮފީސް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލު ކުރަނީ

ފޮރިން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގެ މަރާމާތުގެ މަސައްކަތަށް އެ އޮފީސް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލު ކުރަން ނިންމައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އޯގަސްޓް 15 ގައި މަރާމާތުގެ މަސައްކަތް ފަށަން ހަމަޖެހިފައި ވާއިރު، އެ މަސައްކަތް ނިމެންދެން މިނިސްޓްރީގެ އޮފީސް ހުންނާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޓީސީސީ ސޯމިލް ރިލޮކޭޝަން ބިލްޑިން (ހުޅުމާލޭ ފެރީ ޓަރމިނަލް ގެ އިރުމަތީ ފަރާތުގައި ހުރި އިމާރާތް) ގައި ކަމަށެވެ.

މަރާމާތަށް ފަހު މިނިސްޓްރީގެ އޮފީސް ރަސްމީ އިމާރާތަށް ބަދަލު ކުރަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 6 ގައެވެ. އެ މުއްދަތުގައި ދިމާވެދާނެ ދަތިތަކަށް މިނިސްޓްރީން މައާފަށް އެދެ އެވެ.

ޗައިނާގެ އެހީގައި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ ހަފްތާގަ އެވެ.
ހިޔާލު