Dhevana quarter gai construction dhaairaa ah kurierun libunu: MMA Survery
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދެވަނަ ކުއާޓާގައި ކޮންސްޓްރަކްޝަން ދާއިރާއަށް ކުރިއެރުންތަކެއް ލިބިއްޖެ: އެމްއެމްއޭގެ ސާވޭ

މިއަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާ ބަލާއިރު ދެވަނަ ކުއާޓާ ގައި އިމާރާތް ކުރުމުގެ ސިނާއަތަށް ކުރިއެރުން ލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކުއާޓާލީ ބިޒިނަސް ސާވޭގެ ރިޕޯޓުން ދައްކާފަ އެވެ.
އެ ސާވޭގައި 95 ކުންފުންޏަކު ބައިވެރިވިއިރު، ފުރަތަމަ ކުއާޓާއާ އަޅާ ބަލާއިރު، ނެޓް ބެލެންސް ވަނީ އިތުރުވެފަ އެވެ. ސާވޭގައި ބައިވެރިވި 66 އިންސައްތަ ފަރާތްތަކުން ބުނީ މަސައްކަތުގެ ހަރަދަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.

އެމްއެމްއޭ އިން ނެރުނު އެ ރިޕޯޓުން ދައްކާ ގޮތުގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްދޭ މިންވަރަށް ބަދަލެއް އައިސްފައި ނުވާ ކަމަށް 65 އިންސައްތަ ފަރާތުން ބުނާއިރު 35 އިންސައްތަ ބުނެފައި ވަނީ އިތުރުވެފައިވާ ކަމަށެވެ.

ނަމަވެސް އެ ދާއިރާގެ ވިޔަފާރިތަކުގެ މާލީ ހާލަތަށް ބަލާއިރު، ދެވަނަ ކުއާޓާގައި ވަނީ 34 އިންސައްތަ ވެއްޓިފަ އެވެ.

ކޮންސްޓަރަކްޝަން ދާއިރާ އަށް ލިބޭ ގޮންޖެހުންތައް ރިޕޯޓުގައި ބަޔާންކޮށްފައިވާ އިރު ތަކެތީގެ އަގުބޮޑުވުމާއި މި ދާއިރާގައި ދިވެހީން މަދުވުމާއި އަދި ތަމްރީން ލިބިފައިވާ މީހުން މަދުވުން ފަދަ ގޮންޖެހުންތައް ބަޔާންކޮށްފައި ވެއެވެ.
ހިޔާލު