Miaharuge 2 vana marine science camp kaamiyaabu kamaaeku nimmalaifi
image
ތުލުސްދޫގައި ކުރިއަށް ގެންދިޔަ މެރިން ސައިންސް ކޭމްޕުގެ ތެރެއިން---ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މިއަހަރުގެ ދެވަނަ މެރިން ސައިންސް ކޭމްޕް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ކ ތުލުސްދޫގައި ކުރިޔަށް ގެންދިޔަ މިއަހަރުގެ ދެވަނަ މެރިން ސައިންސް ކޭމްޕް ކާމިޔާބްކަމާއިއެކު ނިންމާލައިފިއެވެ.
އެކޭމްޕުގައި ކ. ހުޅުމާލޭ ގާޒީ ސްކޫލް، މާލެއިން ހިރިޔާ ސްކޫލް، ވިލިމާލެއިން މުހިއިންދީން ސްކޫލް އަދި ބ.އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ބައިވެރިވެފައެވެ.

އެ ކޭމްޕުގެ މަގުސަދަކީ ސާނަވީ ސްކޫލުތަކުގައި މެރިން ސައިންސް ކިޔަވަމުން ގެންދާ ދަރިވަރުންނަޅާ މެރިން ސައިންސާއި މަސްވެރިކަމާއި، މަސްވެރިކަން ގެ ސިނާއަތާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް އެ ސިނާއަތާއި ގުޅުންހުރި ކަންކަމުގެ އަމަލީ ތަޖުރިބާ ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ހޯދައިދިނުމާ މެރިން ސައިންސް ކިޔެވުމަށް ދަރިވަރުންގެ ހިތްތަކުގައި ޝައުގު ވެރިކަން އުފެއްދުން ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން 34 އަންހެން ދަރިވަރުން އަދި 24 ފިރިހެން ދަރިވަރުންނާއިއެކު ޖުމުލަ 58 ދަރިވަރުން ބައިވެރި ވަނީ ބައިވެރިވެފައެވެ. އެ ކޭމްޕްގައި ކްލާސްރޫމް ސެޝަންތަކަކާއި، އަމަލީ މަސައްކަތްތައް ކުރުމުގެ ފުރުސަތު ދަރިވަރުންނަށް
ފަހިކޮށްދީފައި ވެއެވެ،

ކުލާސްރޫމްގައި ކުރިއަށް ގެންނޮސްފައިވާ ތިއަރީ ބައިތަކުގެ ތެރޭގައި، ކޭމްގައި ކުރިޔަށް ގެންދެވެ އަމަލީ މަސައްކަތްތަކުގައި ދަރިވަރުން އެއްކޮށްފައިވާ މައުލޫމާތުތަކާއި ގުޅޭ ގްރާފްތައް ކުރަހަން ދަސްކޮށްދިނުމާ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ކަނޑުމަތީގެ ހާދިސާތަކުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވާނެ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

އަމަލީ މަސައްކަތްތަކުގެ ތެރޭގައި ކަނޑުމަތީގައި ދިމާވާ ހާދިސާ ތަކުގައި އަމަލުކުރާނޭގޮތް، ފަރުތަކުގެ
ދިރުންތަކުގެ މައުލޫމާތު، ފަރުގެ ދިރުން ހުރިވަރު ދެނެގަތުމަށް ސާވޭ ކުރުމާއި މޫދުގެ އޮއިވަރު ބެލުމާއި ގޮނޑުދޮށްތަކަށް
އަންނަމުންދާ ބަދަލު ދެނެގަތުމަށް ދިރާސާކުރާގޮތާއި އަދި ގޮނޑުދޮށުގައި ހުންނަ ވެލީގެ ސައިޒުތައް ދެނެގަތުމަށް ކުރާމަސައްކަތުގެ އަމަލީ ތަޖްރިބާ ހިމެނެއެވެ.

އޭގެ އިތުރުން ރާއްޖެއަށް އަލަށް ތައާރަފް ކޮށްފައިވާ ޑައިމަންޑް ބެކް ސްކްއިޑް (ޔުއި ބޯވަދިލަމަސް) ބާނާގޮތުގެ އަމަލީ ތަޖްރިބާ ދަރިވަރުންނަށް ދެވުނު ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

އެކޭމްޕްގައި މަޢުލޫމާތު ދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އާއި މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަގެ ކަމާގުޅޭ ސެކްޝަންތަކާއި، މެރިން ރިސަރޗް ސެންޓަރުގެ މުވައްޒަފުންނާއި އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ކޯސްޓް ގާޑުގެ ރިސޯސް ބޭފުޅުންނެވެ.
ފިޝަރީޒް ސްކޫލް
ހިޔާލު