Masveri kamaai gulhey 3 garaareh faaskoffi
image
0 ކޮމެންޓް
 

މަސްވެރިކަމާއި ގުޅޭގޮތުން އެމްޑީޕީގެ ފަރާތުން ހުށަހެޅި ތިން ގަރާރެއް މަޖިލީހުން ފާސްކޮށްފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މަސްވެރިކަމާއި ގުޅޭގޮތުން ހުށަހެޅުއްވި ތިން ގަރާރެއް ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
މިއަދު ފާސްކުރި ތިން ގަރާރަކީ ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމުގެ ގަރާރާއި ރަށު ކައުންސިލާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓްރީ ގާއިމު ކުރުމާއި ގުޅޭ ގަރާރާއި މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުތަކެއްގައި ކަންނެލި ޖަގަހަތަކެއް ނުވަތަ އޮފްޝޯ ޕްލެޓްފޯމްތަކެއް ގާއިމުކުރުމާއި ގުޅޭ ގަރާރެވެ. އެ ތިން ގަރާރުވެސް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މަސްވެރިކަމާއި ގުޅޭ ތިން ގަރާރެއް މަޖިލީހުން ފާސްކުރިއިރު އިގްތިސާދީ ކޮމެޓީން މިހާރުވެސް އަންނަނީ މަސްވެރިކަމާއި ގުޅޭ ދެ ގަރާރެއް ދިރާސާ ކުރަމުންނެވެ. އެއޯ އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން މަނާ ކުރުމާއި ގުޅޭ ގަރާރާއި ބޭރުގެ މަސް ބޯޓުފަހަރު ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓާލުމާއި ގުޅޭ ގަރަރާރެވެ.

މި ގަރާރުތަކުގެ އިތުރުންވެސް ދާދިފަހުން ސަރުކާރުގެ ފަރާތުން ވަނީ މަސްވެރިކަމުގެ ބިލެއްވެސް މަޖިލީހަށް ހުށަހަޅާފައެވެ. މި ބިލުގައި ސަލާމަތީ ބާރުތަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މަސްވެރިކަމުގެ ބިލުގައި ބުނެފައި ވަނީ ކޯޓު އަމުރެއް ނެތި ތަންތަން ބަލާ ފާސްކުރުމާއި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ. ގާނޫނާ ހިލާފަށް ބާނާފައިވާ މަސް ރައްކާކޮށްފައިވާ ކަމަށް ބެލެވޭ ހާލަތުގައި ނުވަތަ މަސްވެރިކަމުގެ ބިލުގައި ގާނޫނާ ހިލާފު ކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމެއް ކުރާ ކަމަށް ބެލެވޭ ނަމަ ފުލުހުން އެތަނަކަށް ވަނުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް މި ބިލުގައި ވެއެވެ.

މަސްވެރިކަމުގެ ގާނޫނާ ހިލާފަށް ކުށެއް ކޮށްފައިވުމުގެ ސަބަބުން ނުވަތަ ކުރަމުން ދިޔުމުގެ ސަބަބުން ހިފެހެއްޓިފައިވާ އެއްގަމު އުޅަނދުތަކުގައި ކުށްކުރި ކަމަށް ނުވަތަ ކުށްކުރުމުގައި ބައިވެރިވި ކަމަށް ބެލެވޭ އެންމެހާ ފަރާތްތައް ހައްޔަރު ކުރުމުގެ ބާރު ވެސް މި ބިލުގައި ފުލުހުންނަށް ވަނީ ދީފަ އެވެ.

ރާއްޖެއަކީ މަސްވެރިކަމުން ރަނގަޅު ނަފާއެއް ހޯދަމުން އަންނަ ގައުމަކަށް ވާއިރު ބައެއް ފަހަރުތަކުގައި މަސްވެރިކަން ކުރުމަށް ބައެއް އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށްދާކަން ވެސް ފާހަގަކުރެވެ އެވެ. މި ބިލުގައިވާ ގޮތުން އެފަދަ އުޅަނދުތަކަށް އަރައި އެ އުޅަނދުތައް ބަލާ ފާސްކުރުމުގެ ބާރު ސިފައިންނަށް ލިބޭނެ އެވެ.
ހިޔާލު