Cycle eh rukehga jehumun meehakah aniyaa vejje
image
އެކްސިޑެންޓުވި ސައިކަލު-- ފޮޓޯ: ފުލުހުން
0 ކޮމެންޓް
 

ސައިކަލެއް ރުކެއްގައި ޖެހުމުން މީހަކަށް އަނިޔާވެއްޖެ

މާލޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ރުކެއްގައި ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގީ މިއަދު ހެނދުނު 11:45 ހާއިރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކައިރިން ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލު ފަހަތުގައި އިން 18 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ އަތުގެ އިނގިލިތައް މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެމީހާ އަށް ދަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުންނެވެ. ސައިކަލު ދުއްވަން އިން މީހާއަކީ ލައިސެންސް އޮތް މީހެއް ކަމަށާއި އޭނާއަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ހިޔާލު