Cycle aa eku van ehge dhashuvi meehakah bodethi aniyaa thakeh vejje
image
ކުރިން ހިނގި އެކްސިޑެންޓެއް-- ފޮޓޯ: ވީނިއުސް
2 ކޮމެންޓް
 

ސައިކަލާއެކު ވޭނެއްގެ ދަށުވި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ހުޅުމާލޭގައި ވޭނެއްގެ ދަށަށް ސައިކަލެއް ވަދެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
އެ ހާދިސާ ހިނގީ މިއަދު މެންދުރު 01:40 ހާއިރު ހުޅުމާލެ ރީތިގަސް މަގުގައި ވިލާ ޕެޓްރޯލް ޝެޑަށް ވޭނެއް ވަންނަން އުޅެނިކޮށެވެ.

ފުލުހުން ބުނީ ސިގްނަލް ދީފައި ޝެޑު ތެރެއަށް ވޭން ވަންނަން އުޅެނިކޮށް އެ ދެމެދަށް ސައިކަލެއް ވަދެގެން ދާން އުޅުމުގެ ތެރޭގައި ވޭނުގެ ދަށުވީ ކަމަށެވެ.

ވޭނުގެ ދަށަށް ވަތް ސައިކަލު ދުއްވަން އިން އުމުރުން 20 އަހަރުގެ ފިރިހެން މީހާ އަށް ވަނީ ބޮޑު އަނިޔާތަކެއް ވެފަ އެވެ. އޭނާގެ އަނގަމަތިން ފަޅައިގެން ގޮސް، ދަތެއް ވެއްޓިފައި ވެއެވެ.

އޭނާ އަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ފުލުހުން ބުނީ ސައިކަލާއި ވޭނަށް ވެސް އެކި ވަރުގެއް ގެއްލުން ވެފައިވާއިރު، ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސެންސް އޮތް ކަމަށެވެ.

އެ މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މާލޭގައި ވެސް މިއަދު ވަނީ ސައިކަލެއް ރުކެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެފަ އެވެ.
ހިޔާލު

ވިރާސް

ޕެޓްރޯލް ސެޑްގެ ވަންނަކޮޅު ބަދަލު ކުރުމުން މިކަހަލަ ހާދިސަަަަ ހިގުން މަދުވާނެ

ކޮލެޖު ބޯއި

ލައިސަންސް އޮތަސް، މަގުމަތީގެ ޓްރެފިކް، މީހުން އުޅޭ ނޫޅޭ، ހަދާ ނުހަދާ، ދުއްވާ ނުދުއްވާ، ސިގްނަލް އަޅާތޯ ނޫންތޯ ބަލަން ޖެހޭ. އެނގެން ޖެހޭ.ތިމާއަށް ތިމާ އާ އެންމެ ގާތްވަމުންދާ އަނެކަތީގެ ކުރިން ތިމާ އަށް ތިމާ ބޭނުންވާ ކަނތައް ކުރެވިދާނެތޯ ބަލަން ޖެހޭ.