Ameen ah Nazim ge varugadha rahdheh!
image
މިހާރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަދި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް--
ރައްޔާން މުޙައްމަދު
4 ކޮމެންޓް
 

ހެލްތު މިނިސްޓަރު އަމީނު ކުރެއްވި ތުހުމަތު ކުރީގެ ހެލްތު މިނިސްޓަރު ނާޒިމު ދޮގު ކުރައްވައިފި

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސިއްހީ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވުމުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އަމީން ވަނީ ނިމިދިޔަ ސަރުކާރުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ސެޕްޓަމްބަރު 23 ވަނަ ދުވަހު ވޯޓު ދިން އިރު ސެޕްޓެމްބަރު 23 ވަނަ ދުވަހާއި ކުރިމަތިލީ ހަފްތާގެ ތެރޭގައި ރާއްޖޭގެ 28 ތަން 24 ގަޑިއިރަށް ބަދަލުކުރެވިފައިވޭ. މި 28 ތަން 24 ގަޑިއިރަށް ބަދަލުކުރި އިރުގައި ހަމައެކަނި ނަން ބޯޑު ބަދަލު ކުރީ. ކޮންމެ ތަނަކަށް ބަދަލުކުރީ 24 ގަޑިއިރަށް 16 ގަޑިއިރަށް 8 ގަޑިއިރަށް ނުވަތަ އިތުރު ގަޑިއިރަށް ބަދަލުކުރީމަ މި އެއްވެސް ތަނަކަށް ބޭނުންވާ މުވައްޒަފުންނެއް ފޯރުކޮށްދެވިފައެއް ނެތް، އެމީހުންނަށް ބަޖެޓް ފޯރުކޮށްދެވިފައެއް ނެތް، ލެބޯޓަރީތަކަށް ވަސީލަތައް ފޯރުކޮށްދެވިފަ އެއް ނެތް،" އަމީނު ވިދާޅުވި އެވެ. އެ ތުހުމަތުތަކާއި ގުޅޭ ގޮތުން ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިދިޔަ ސަރުކާރުގެ ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ އަމީންގެ ވާހަކަތަކުން ހާމަވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޒިންމާދާރު ކުޑަކަން ކަމަށެވެ.

ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާއަކީ ޕްރޮޑަކްޓެއް ނޫން ކަމަށާއި އެއީ ޕްރޮސެސް އެއް ކަމަށެވެ. އެހެންކަމުން އަބަދުވެސް މަސައްކަތް ކުރަންވާނީ މިއަދަށް ވުރެ މާދަމާ ރަނގަޅު ކުރެވޭތޯ ކަމަށް ނާޒިމް ވިދާޅުވި އެވެ. ސިއްހީ ދާއިރާ އަކީ ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކުގައި ވެސް "ކްރިޓިސައިޒް ކުރާ" ދާއިރާއެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާގައި އަދިވެސް ބައިވަރު މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ. ނަމަވެސް އެކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަމީން މަސައްކަތް ކުރައްވަނީ ރައީސް ޔާމީންގެ ބޮލުގައި ހުރިހާ މައްސަލައެއްގެ ޒިންމާ އެޅުވުމަށް ކަމަށް ނާޒިމް ތުހުމަތު ކުރެއްވި އެވެ.

އަމީން މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ރިއާޔަތްކުރައްވާ ނާޒިމް ވިދާޅުވީ އަމީންގެ ވާހަކަތައް ހުރީ ރައީސް ޔާމީނާއި މެދު ދެކޮޅުވެރިކަންވާކަން ހާމަކުރައްވައިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސިޔާސީ އެކްޓިވިސްޓުންގެ ތަރުހީބު ހޯދުމަށް މަސައްކަތް ކުރާ ބީދައިން ކަމަށެވެ.

ގިނަ ރައްޔިތުންނަކީ ސިޔާސީ ބައެއް ނޫން ކަމަށާއި ރައްޔިތުން ބޭނުން ވަނީ ކޮންމެ ބަޔަކު ވެރިކަމުގައި ހުއްޓަސް ތަރައްގީ ގެނައުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގައި ގެނައި ތަރައްގީގެ މަޝްރޫއުތައް ލޮލަށް ފެންނަން ހުރުމާއެކު ލިޔެކިޔުންތަކުން ވެސް އެކަން އެނގޭ ކަމަށެވެ. ނަމަވެސް ފަސް އަހަރުގެ ދައުރު ހަމަވި އިރުވެސް ރަގަނޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ނާޒިމް އެއްބަސްވެވަޑައިގެންނެވި އެވެ.

ރިޔާސީ އިންތިހާބާއި ދިމާކޮށް، ނަމެއްގައި ބައެއް ހިދުމަތްތައް ފެށި ކަމަށް އަމީން ކުރެއްވި ތުހުމަށް ރައްދު ދެއްވަމުން ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބު ކައިރިވުމުން ރައްޔިތުންގެ އެދުންތަކަށް ގިނަ ކަންތައްތަކެއް ކޮށްދީފައި ވާނެ ކަމަށާއި އެއީ އިންތިހާބުތަކުގައި ވާދަކުރައްވާއިރު ކަން ހިނގާނޭ ގޮތް ކަމަށެވެ.

ހިދުމަތްތައް 24 ގަޑިއިރަށް ބަދަލު ކުރި ތަންތަން އެގޮތަށް ބަދަލުކުރީ ރައްޔިތުންގެ ފަރާތުން އެދުނު އެދުންތަކާއި ސަރުކާރަށް 24 ގަޑިއިރަށް ބަދަލުކުރަން ޖެހޭ ކަމަށް ފެންނަ ތަންތަން ކަމަށް ނާޒިމް ވިދާޅުވި އެވެ. އެކަން ކުރީ ސަރުކާރުން ހަދަން ޖެހޭ އެެސެސްމްންޓްތައް ހެދުމަށް ފަހު ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެގޮތަށް ހިދުމަތް ބަދަލުކުރި އިރު އެވަގުތު މުވައްޒަފުން އެކަށީގެންވާ ވަރަށް ނެތް ކަމަށާއި އެކަމަށް އިންކާރު ނުކުރައްވާ ކަމަށެވެ.

ނަމަވެސް ސަރުކާރުން އޭރު އެކުލަވާލި 2019 ވަނަ އަހަރުގެ ބަޖެޓްގައި މުވައްޒަފުންނާއި ހިދުމަތްތައް ހިމަނާފައި ވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެން ބަޖެޓަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

މިނިސްޓަރު އަމީން މިއަދު މަޖިލީހުގެ ޖަލްސާގައި ރައީސް ޔާމީންގެ ސަރުކާރުގެ ހެލްތް މިނިސްޓްރީ އިން އިހުމާލުވެފައިވާ ކަމަށް ވިދާޅުވެފައި ވާއިރު މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ ނުރުހުމުގައި، މަސައްކަތް ކުރާތަން ނޫން އެހެން ތަންތަނަށް ބަދަލު ކުރި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެ މައްސަލާގައި ހެލްތް މިނިސްޓްރީގެ ޕާމަނަންޓު ސެކެޓްރީއާ ދެކޮޅަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ވަނީ ޝަކުވާ ހުށަހަޅައިފަ އެވެ. އެ ދެ މުއައްސަސާއިން އެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ.
ހިޔާލު

ަްއަމީން

މިސަރުކާރުގަ އަމީން މުވައްޒަފުން ހަމަކޮށްގެން ތަންތަން ހިންގަބަލަ. މިސަރުކާރުގަ ގައިމުވެސް އަހަރުމެން ރަށު ސިއްހީމަރުކަޒު އެހިންގަނީ މުވައްޒަފުން މަދުކޮށް.

ޚަދީޖާ ޙުސައިނު

ނާޒިމުގެ ރައްދު ގަދަޔަސް ނާޒިމްގެ ދައުރުގައި ސިެްހީ ކަންތައް ހަމަ ދޯހޮޅި އަޅާނުލެވި އާއްމު ސިއްހަތު ދަށަސް ދިޔައީ މަސިރި ގިނަވެ ބަލި ފެތުރުނީ

ކޮލެޖު ބޯއި

އައްޑޫ ބޮޑު ހޮސްޕިޓަލު، މާލޭ ބޮޑު ހޮސްޕިޓަލު އެހެރީ ފެންނަން. ދެން ރާއްޖޭގައި ތިބެގެން ޑޮކްޓަރުން ކިޔަވަމުންދާ ކުދިން އެތިބީ ފެންނަން. ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެޑިސިން އެހެރީ ފެންނަން

އަމީން

ތީ ވަރަަށް ބޮޑާ މީހެއް