Badi jehi meehunnakee sikundeege massala huri baeh: Trump
image
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް--ފޮޓޯ:ސީބީއެސް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ބަޑި ޖެހި މީހުންނަކީ ސިކުނޑީގެ މައްސަލަ ހުރި ބައެއްކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

އެމެރިކާގެ ދެ ސަރަހައްދެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާގެ ބައިވެރިންގެ ނަފްސާނީ ބަލިތަކެއް ހުރި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ހިނގި ބަޑި ޖެހުމުގެ ހާދިސާގައި ވަނީ ޖުމްލަ 29 މީހެއް މަރުވެފަ އެވެ. ޓެކްސަސްގެ އެލް ޕާސޯ ސިޓީގެ ވޯލްމާޓެއްގައި ބަޑި ޖަހާ 20 މީހުން މަރާލާފައިވާ އިރު އޮހާއޯގެ ޑޭޓަން ސިޓީގައި ވަނީ ބަޑި ޖަހާ ނުވަ މީހުން މަރާލައިފަ އެވެ.

މި ހާދިސާތަކާއި ގުޅޭގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ ބަޑި ޖެހި މީހުންނަކީ ސިނކުޑީގެ މައްސަލަތަކެއް ހުރި ބައެއް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެ މައްސަލަ ތަހުގީގު ކުރައްވަމުންދާ އެއްވެސް ފަރާތަކުން ބަޑި ޖެހި މީހުންގެ ނަފްސާނީ މައްސަލައެއް ހުރިކަމަށް މިހާތަނަށް ބުނެފަ އެއް ނުވެ އެވެ. ޓެކްސަސްގެ ޕްރޮސެކިއުޓާސް ވަނީ އެހާދިސާއަކީ ޓެރަރިޒަމް އަމަލެއް ކަމަށް ބުނެފަ އެވެ.

ޓްރަމްޕް ވަނީ އާދީއްތަ ދުވަހުގެ ހަމަލާތައް ކުށްވެރިވެސް ކޮށްފަ އެވެ. އޭނާ ވިދާޅުވީ މިފަދަ ބަޑި ޖެހުމުގެ ހާދިސާތައް މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެކަންކަން ހުއްޓުވުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާ-މެކްސިކޯ ބޯޑަރު ކައިރީގައި ހުންނަ ވޯލް މާޓް ފިހާރައަކަށް ދިން ބަޑީގެ ހަމަލާގައި އެ ފިހާރާގައި ހުރި 20 މީހުން މަރުވި އިރު އިތުރުން 26 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ.

މި ހާދިސާގައި ފުލުހުން ވަނީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ތުހުއްމަތުކުރެވޭ ފިރހެނަކީ އުމުރުން 21 އަހަރުގެ ޕެޓްރިކް ކުރޫޝިއަސް އެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ހަމަލާދިން އިރު އޭނާ ހުރީ ކަޅު ޓީޝާޓެއްލައި ކަންފަތް ފޮރުވުމަށް ބޭނުން ކުރާ ގިއަރު އަޅާގެންނެވެ. ލަފާކުރެވޭ ގޮތުގައި އޭނާ ހަމަލާދީފައިވަނީ އޭކޭ47 ބަޑިއަކުންނެވެ.

އޮހާއޯގެ ޑޭޓަން ސިޓީގައި ދިން ބަޑީގެ ހަމަލާތަކެއްގައި ނުވަ މީހުން ވަނީ މަރުވެފަ އެވެ. މި ހާދިސާ ހިނގާފައިވަނީ ޑޭޓަން ސިޓީގައި ބާއެއް ހުންނަ ސަރަހައްދުގަ އެވެ.

ފުލުހުން ބުނިގޮތުގައި ބަޑި ޖެހުމުގެ ސަބަބުން މަރުވި އެންމެންވެސް މަރުވެފައިވަނީ މަގުމަތީގަ އެވެ. މި ހާދިސާގައި ނުވަ މީހުން މަރުވެފައި ވީ ނަމަވެސް ފުލުހުން ވަނީ ހަމަލާާދިން މީހާ ބަޑިޖަހަނިކޮށް އޭނާ މަރާލައިފަ އެވެ.

އޮހާއޯ ފުލުހުން ބުނި ގޮތުގައި ބަޑިން ހަމަލާ ދީފައިވަނީ އުމުރުން 24 އަހަރުގެ ކޮނާ ބެޓްސް އެވެ. އޭނާއަކީ އޮހާއޯގެ ބެލްބްރޫކް ސިޓީގެ ރައްޔިތެކެވެ. މިހާދިސާގައި މަރުވި ނުވަ މީހުންގެ ތެރޭގައި ބެޓްސްގެ ދައްތަވެސް ހިމެނެއެވެ.
ބަޑި މަރު އެމެރިކާ
ހިޔާލު

ނިލަންދޫ

ރަގަޅު މުސްލިމުންނަމަވާނީ ޓެރަރިސްޓުންނަން. ކާފަރުންނަމަ އެއީ ބޮޔަބައެއް ނުވަތަ އަމިއްލަ ދިފާޢުގައި