Himmafushi Minivan Faru jamiyyaa inn raalhaa elhumuge mubaaraatheh bavvaifi
image
ޖަލު ކާޅު ރާޅާއެޅުމުގެ މުބާރާތުގެ ތެރެއިން-- ފޮޓޯ: މިނިވަން ފަރު
0 ކޮމެންޓް
 

ހިންމަފުށި މިނިވަން ފަރު ޖަމިއްޔާއިން ރާޅާއެޅުމުގެ މުބާރާތެއް ބާއްވައިފި

ހިންމަފުށި ކައުންސިލާއި އަލަށް އުފެދުނު ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ގުޅިގެން ރާޅާއެޅުމުގެ މުބާރާތެއް އެ ރަށުގައި ބާއްވައިފި އެވެ.
ޖުލައި 26 އިން 28 އަށް އެ މުބާރާތް ބޭއްވީ މިނިވަން ފަރު ޖަމިއްޔާ އުފެއްދުމުގެ އުފަލާއި، މިނިވަން ދުވަހުގެ އުފަލާއި ގުޅުވައިގެންނެވެ.

ޖަލު ކާޅު ރާޅާއެޅުމުގެ މުބާރާތުގެ މަގްސަދަކީ ހިންމަފުށީގައި ރާޅާއެޅުމަށް މޮޅު ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި މުބާރާތެއް ކަމަށް މިނިވަން ފަރު ޖަމިއްޔާ އިން ބުނެ އެވެ.

މިއީ ހަމައެކަނި ހިންމަފުށީގެ ރާޅާއެޅުންތެރިންނަށް ހާއްސަކޮށްގެން ބޭއްވި ފުރަތަމަ މުބާރާތް ކަމަށާއި، އެ ހަރަކާތް އޮތީ ރާއްޖޭގެ ރާޅާއެޅުންތެރިންގެ މެދުގައި މަގުބޫލު ޖެއިލް ބްރޭކް ސަރަހައްދުގައި ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

އެ މުބާރަތް ފެށުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަޒްމީލާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިވަން ފަރު ޖަމިއްޔާ އިން ބުނީ މުބާރާތް ކުރިޔަށް ދިޔައީ ދެ ބަޔަކަށް ކަމަށެވެ. އެއީ ޝޯޓްބޯޑިން އަދި ބޮޑީބޯޑިން ގެ ބަޔެވެ. މުޅި މުބާރާތުގައި 24 މީހުން ބައިވެރިވި އެވެ. ޖަޖުންގެ ޕެނަލުގައި ރާއްޖޭގެ ފުންނާބު އުސް ރާޅާއެޅުންތެރިން ހިމެނުނު ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

މުބާރާތުގެ ޝޯޓްބޯޑިން ބައިން އެއްވަނަ ލިބުނީ އަހްމަދު ޝިފާއު އަށެވެ. ދެވަނަ އަދި ތިންވަނަ ލިބުނީ ސަލްމާން އަހްމަދާއި މުހައްމަދު އަތޫފަށެވެ.

ބޮޑީބޯޑިން ބައިގެ އެއްވަނަ މުހައްމަދު އަހުޒަމް އަށް ލިބުނު އިރު ދެވަނަ އަދި ތިންވަނަ ލިބުނީ ޔޫސުފް ޒިނާން އަލީ އާއި އަހްމަދު ޖަނާހު އަށެވެ.
ހިޔާލު