Muleega maruvi meehehge massala fuluhun balanee
image
މުލީ ހޮސްޕިޓަލް--
0 ކޮމެންޓް
 

މުލީގައި މަރުވި މީހެއްގެ މައްސަލަ ފުލުހުން ބަލަނީ

މ. މުލީގައި މިއަދު އުމުރުން 29 އަހަރުގެ އަންހެނަކު މަރުވި ގޮތާއި މެދު ޝައްކުތަކެއް އުފެދުމުން ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެ އަންހެން މީހާ މިއަދު ހަވީރު ނޭވާ ނުލާތީ މުލީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ. އެގޮތަށް ފުލުހުންނަށް މައުލޫމާތު ދިނީ މުލީ ހޮސްޕިޓަލުންނެވެ.

ފުލުހުން ބުނީ ފުލުހުންގެ ޓީމެއް މުލީ ހޮސްޕިޓަލަށް ގޮސް އިތުރު މައުލޫމާތު ސާފުކޮށް، އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެކަމަކު އެކަމާއި ގުޅޭ ތަފްސީލެއް ނުދެ އެވެ.
މ. މުލި މަރު ފުލުހުން
ހިޔާލު