Shah ge Anhenun emeehun dhiriulhemun anna geyge ethere dhahkaalaifi
image
ޝާހުރުކްގެ އަންހެނުން ގޯރީ--
0 ކޮމެންޓް
 

ޝާހުގެ އަންހެނުން އެމީހުން ދިރިއުޅެމުން އަންނަ ގޭގެ އެތެރެ ދައްކާލައިފި

ބޮލީވުޑުގެ މަޝްހޫރު ބަތަލު، ޝާހުރުކް ހާން ދިރިއުޅެމުން އަންނަ ގޭގެ އެތެރެ އޭނާގެ އަންހެނުން ގޯރީ ހާނު ދައްކާލައިފި އެވެ.
މުމްބާއީގައި ހުންނަ ޝާހުގެ މަންނަތަކީ މިވަގުތު ބޮލީވުޑު ތަރިން ދިރިއުޅެމުން އަންނަ ގެތަކުގެ ތެރެއިން އެންމެ އަގު ބޮޑު ގެއެވެ. މޫދު ފެންނާނެހެން ހުންނަ އެ ގެއަކީ މިހާތަނަށް ޝާހު ގަތް އެންމެ އަގު ބޮޑު އެއް މުދާ ކަމަށް އޭނާ ބުނެފައި ވެއެވެ.

މީގެ ކުރިން ޝާހުގެ ސަޕޯޓަރުންނަށް ފެނިފައި ނުވާ ގިނަ ފޮޓޯތަކެއް އާންމުކޮށްފައި މިވަނީ އެގޭގައި ވޮގް އިންޑިއާއިން ކުރިއަށް ގެންދިޔަ ގޯރީގެ ހާއްސަ ފޮޓޯ ޝޫޓެއްގެ ތެރެއިންނެވެ.

އެގޮތުން މެގަޒިން ކަވާ ވެސް އާންމުކޮށްފައި ވާއިރު އެ ކަވާއިން ފެންނަނީ ކަޅުކުލައިގެ ހެދުމެއްގައި ގިނަ މާގަސްތަކެއް އިންދާފައި ހުރި ޓެރަސްއެއްގައި ގޯރީ ހުރިތަނެވެ. އަދި އެއްފަޅިއެއްގައި "މަންނަތު އަންސީން" ޖަހާފައި ވެއެވެ.އޭގެ އިތުރުން އެގޭގެގައި ފިލްމު ބެލުމަށް ހަދާފައިވާ ޓިއޭޓަރާއި ރީތިވުމަށް ބޭނުންކުރާ ކޮޓަރިތައް އަދި އެވޯޑުތައް ބެހެއްޓުމަށް ހަދާފައި ހުރި ތަންތަން ވެސް އެ ފޮޓޯތަކުގެ ތެރޭގައި ހިމެނެއެވެ.

ޝާހުގެ ސަޕޯޓަރުން ވެސް މުމްބާއީއަށް ދެވިއްޖެނަމަ އެގެ ހުންނަ ސަރަހައްދަށް ގޮސް ހަދަ އެވެ. އެ ގޭގެ އެތެރޭގެ ފޮޓޯ އާންމު ގޮތެއްގައި ސޯޝަލް މީޑިއާއަށް ޝާހު އަދި އޭނާގެ އާއިލާއިން ވެސް ހިއްސާއެއް ނުކުރެ އެވެ.

އެގޭގައި ދިރިއުޅެމުން އަންނަނީ ޝާހު އާއި އޭނާގެ އަންހެނުންގެ އިތުރުން އޭނާގެ ދެ ފިރިހެން ދަރިންނާއި އެންހެން ދަރިފުޅެވެ.
ހިޔާލު