Bodu eid ah raajjeyge hurihaa hisaabakah vissara kuraane: Met
image
ރަށެއްގައި އީދު ފާހަގަކުރަނީ--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ބޮޑު އީދަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ: މެޓް

ކުރިއަށް އޮތް އަޟްހާ އީދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
ސީއެންއެމް އަށް މައުލޫމާތު ދެމުން މެޓު އޮފީހުން ބުނީ އީދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

"ގާތްގަނޑަކަށް 10 އިން ފެށިގެން ވިއްސާރަކޮށް އުޅޭނެ ކަމަށް ލަފާކުރެވެނީ. އެއީ (އޯގަސްޓް) 15 އާ ހަމައަށް ވެސް،" މެޓް އޮފީހުން ބުންޏެވެ.

މިއަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަހެވެ. އެ ހަފްތާ އެއްކޮށް ސަރުކާރު ބަންދުކޮށްފައި ވާއިރު ގިނަ ބަޔަކު ދަނީ އީދަށް އަތޮޅުތެރޭގެ ރަށްރަށަށް ދިއުމަށް ތައްޔާރީތައް ވަމުންނެވެ.

ކުރިއަތް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރެވޭ ގޮތުގައި މެންދުރު ފަހު ރާއްޖޭ ގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ އެވެ.

ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، ހުރިހާ ހިސާބަކަށް ވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މޫސުން މެޓް އީދު
ހިޔާލު