Vakeelaku ayyan kuran Adheeb ah 7 dhuvas dheefi
image
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސްޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރު ކުރަނީ-- ފޮޓޯ: އެމްވީކްރައިސިސް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ވަކީލަކު އައްޔަން ކުރުމަށް ސްޕރީމް ކޯޓުން އަދީބަށް ހަތް ދުވަހުގެ މުއްދަތެއް ދީފި

ގާނޫނާއި ހިލާފަށް ފިލައިގެން އިންޑިއާ އަށް އެތެރެވާން މަސައްކަތް ކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ވަކީލަކު އައްޔަން ކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ސުޕްރީމް ކޯޓުން ދީފި އެވެ.
ވާގޯ 9 ނަމަކަށް ކިޔާ ޓަގް ބޯޓެއްގައި ފިލަން މަސައްކަތް ކުރަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ރާއްޖެ ގެނެސްފައިވާ އަދީބު ވަނީ މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކޮށްފަ އެވެ. އަދީބު ސުޕްރީމް ކޯޓަށް ހާޒިރުކޮށްފައި ވަނީ މިއަދު ހެނދުނު 10:15 ގައި ފެށި ޝަރީއަތުގެ އަޑުއެހުމަކަށެވެ.

ސުޕްރީމް ކޯޓަށް އަދީބު ހާޒިރުކޮށް ދައުލަތުން ވަނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމައި ދިނުމަށް އެދިފަ އެވެ. ދައުލަތުގެ އެދުމަށް މިއަދު ނޫނީ މާދަމާ ގޮތެއް ނިންމުމަށް ފަހު އަންގާނެ ކަމަށް ސްޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.

އަދީބު ސުޕްރީމް ކޯޓަށް ހާޒިރުކޮށްފައި ވަނީ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް ޖަހައިފައި ވަނިކޮށެވެ.

އަދީބު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން އާދީއްތަ ދުވަހުގެ ރޭ އޭނާ ދޫކޮށްލީ، ފުލުހުން ގާނޫނާއި ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެގޮތުން އޭނާ ހައްޔަރު ކުރީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވާއިރު، އެތަނުގައި ރާއްޖޭގެ ގާނޫނުތައް ނުހިނގާނެ ކަމަށް ދައުލަތުގެ ވަކީލުން ވެސް އެއްބަސްވެ އެވެ.

ފުލުހުން ވަނީ އަނެއްކާ ވެސް އެދުވަހުގެ ފަތިހު އަދީބު ހައްޔަރު ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ހޯދާފަ އެވެ. އޭނާ ހައްޔަރު ކުރީ ދިރިއުޅޭ ގެއިން އެ ދުވަހު ފަތިހުގެ ވަގުތެއްގަ އެވެ.

މިއަދު ސުޕްރީމް ކޯޓުގައި އޮތް މައްސަލަ އަކީ ޅ. މާބިން ހުރާ މައްސަލައާ ގުޅިގެން ދަށު ކޯޓުން އަދީބާ ދެކޮޅަށް ކުރި ހުކުމް ހައި ކޯޓުން ބާތިލް ކުރުމުން، ހައި ކޯޓުގެ ހުކުމް ދައުލަތުގެ ފަރާތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެވެ.
ހިޔާލު

ސުވާލު

ތިކަންކުރާނީ ކާކުބާ؟