Kulhudhufushi bandharugai oih launch ehgai alifaan roavejje
image
އަލިފާނުގެ ހާދިސާ ހިނގި ލޯންޗު-- ފޮޓޯ: އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ކުޅުދުއްފުށީ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

ހދ. ކުޅުދުއްފުށީ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށީ އުތުރު ބަނދަރުގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެެއް ހިނގުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔާ ސްޓޭޝަންގެ ފަޔާ މަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން އެ ހާދިސާގެ މައުލޫމާތު މިއަދު 10:20 ހާއިރު ލިބުމާއި އެކު ކުޅުދުއްފުށީ ފަޔާ ސްޓޭޝަންގެ ފަޔާ މަނުން ހަރަކާތްތެރިވެ ރޯވި އަލިފާން ކޮންޓްރޯލް ކޮށްފައި ވަނީ މިއަދު 10:40 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހދ. ނޭކުރެންދޫ އަށް ނިސްބަތްވާ އެ ލޯންޗުގައި އެ ހާދިސާ ހިނގަން މެދުވެރިވެފައި ވަނީ ލޯންޗުގައި ވެލްޑިން މަސައްކަތެއް ކުރުމުގެ ތެރޭގައި ލޯންޗުގެ އިންޖީނު ޕެޓްރޯލް ޓޭންކުގެ ހޮޅިއެއްގައެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑިއެފުން ވަނީ ބުނެފައެވެ. އަދި ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ހިޔާލު