India aai Raajjeyge viyafaariveringe bahdhaluvun thah fashaifi
image
ސީއައިއައި އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އިންޑިއާ އާއި ރާއްޖޭގެ ވިޔަފާރިވެރިންގެ ބައްދަލުވުންތައް ފަށައިފި

ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި) އާއެކު ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ އާއި ރާއްޖޭގެ ވިޔަފާރިވެރިންގެ ކޮމިއުނިޓީގެ ބޭފުޅުންނާއެކު މަޝްވަރާގެ ބައްދަލުވުންތަކެއް ފަށައިފި އެވެ.
މިއަދު ހޮޓެލް ޖެން ގައި ފެށި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އިންޑިއާގެ ސަފީރު ސަންޖޭ ސުދީވާއި ސީއައިއި ގެ ބޭފުޅުންނާއެކި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުން ފެށުމުގެ ގޮތުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެ ބައްދަލުވުމުގެ އަމާޒަކީ ރާއްޖޭގެ ވިޔަފާރިވެރިން ބޭނުންވާ ކަންތައްތައް ހިއްސާކޮށް އިންޑިއާގެ ވިޔަފާރިވެރިންނާއި އެއް ހަމައަކަށް ދެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރުން ކަމަށެވެ.

އަދި ސަރުކާރުން ގެންގުޅޭ ތަސައްވަރާއި ހަމައަށް ވިޔަފާރީގެ ދާއިރާ އިން ދެވޭނެ މަގު ހޯދުމަކީ ވެސް މިއަދު ފެށި މަޝްވަރާތަކުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.



ރާޢްޖޭގައި މިހާރު ކުރިއަރާފައިވާ ސިނާއަތްތަކުގެ ތެރެއިން ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަކީ ސަރުކާރުން އިތުރަށް ކުރިއަރުވަން ބޭނުންވާ ދާއިރާތައް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އިންޑިއާ ވިޔަފާރިވެރިންގެ ވަފުދުން ސީއައިއައިގެ ޖެނެރަލް ޑިރެކްޓަރު އެ ބައްދަލުވުމުގައި ވިދާޅުވީ ދެ ގައުމުގެ ވިޔަފާރިވެރިންގެ ގުޅުން ބަދަހިވެއްޖެ ނަމަ ގިނަ ފައިދާތަކެއް ދެ ގައުމަށް ވެސް ލިބިގެންދާނެ ކަމަށެވެ.
ހިޔާލު