Seychelles ge sagaafee festival ga baiverivumah Raajje ah dhauvathu dheefi
image
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސީޝެލްސްގެ ރައީސް ޑެނީ ފޯޔައާއެކު-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ސީޝެލްސްގެ ސަގާފީ ފެސްޓިވަލުގައި ބައިވެރިވުމަށް ރާއްޖެ އަށް ދައުވަތު ދީފި

އަންނަ އޮކްޓޯބަރު މަހު ސީޝެލްސްގައި އޮންނަ އެގައުމުގެ ސަގާފީ ފެސްޓިވަލުގައި ބައިވެރިވުމުގެ ދައުވަތު ސީޝެލްސުން ރާއްޖެ އަށް ދީފި އެވެ.
އޮކްޓޯބަރު 25 އިން 31 އަށް އޮންނަ ފެސްޓިވަލް ކްރިއޮލް އަކީ ސީޝެލްސްގައި ބާއްވާ އެންމެ ބޮޑު ސަގާފީ ފެސްޓިވަލެވެ.

އެ ފެސްޓިވަލުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެ އަށް ދިނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އޯގަސްޓް 2 އިން 4 އަށް ސީޝެލްސަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ދަތުރުފުޅަށް ފަހު ދެގައުމުން ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ސީޝެލްސްގެ ރައީސް ޑެނީ ފޯޔަ ގެ ދައުވަތަކަށް ރައީސް ސޯލިހު ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށެވެ.

އެގޮތުން ހަތް ދާއިރާއަކުން އެކުގައި މަސައްކަތް ކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އަދި ސީޝެލްސްގެ ރައީސް ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ދައުވަތު އަރުވާފަ އެވެ. ރައީސް ސޯލިހުގެ ދަތުރުފުޅަކީ ރާއްޖޭގެ ރައީސަކު އެގައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ދެގައުމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ދަތުރުފުޅުން ސާބިތު ވަނީ ދެގައުމުން ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންވާކަން ކަމުގައެވެ.
ރާއްޖެ ސީޝެލްސް
ހިޔާލު