MMPRC ge faisaa libunu meehun Adheeb haamakuranee
image
ފުލުހުންގެ ބެލުމުގެ ދަށުން އަދީބު މާލެ ގެނެސް، ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ-- ފޮޓޯ: އަވަސް
ރައްޔާން މުޙައްމަދު
2 ކޮމެންޓް
 

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުން ތަހުގީގަށް ހާމަކުރާނަން: އަދީބު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ މައުލޫމާތު ތަހުގީގަށް ހާމަކުރައްވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްގަފޫރު ވިދާޅުވެއްޖެ އެވެ.
އަދީބު އެހެން ވިދާޅުވީ އޭނާގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް އެދި ފުލުހުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމުގަ އެވެ.

އަދީބާއި ދައުލަތާ މެދު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން އެއްބަސްވުމެއް އެކުލަވާލާފައިވާކަން ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުން ވަނީ ހާމަވެފަ އެވެ. އަދި އެ ގާނޫނާއި ދައުލަތުން ހިލާފުވެފައިވާ ކަމަށް ވެސް އަދީބު ވަނީ ކްރިމިނަލް ކޯޓުގައި ބުނެފަ އެވެ.

މިއަދު ހެނދުނު 10:00 ގައި އަދީބު ސްޕްރީމް ކޯޓަށް ހާޒިރުކޮށްފައިވާ އިރު އަދީބު ވިދާޅުވީ ޕީޖީއާއެކު ވެފައިވާ އެއްބަސްވުމަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ފައިސާ އަށް ވީގޮތް ދައުލަތާއި ހިއްސާ ކުރައްވާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ

އެގޮތުން ފައިސާ ލިބުނު މީހުންނާއި ދިޔަ ތަންތަނުގެ މައުލޫމާތު ތަހުގީގަށް ހާމަކުރައްވާނެ ކަމަށް އަދީބު ވިދާޅުވި އެވެ. މިއަދުގެ ޝަރީއަތް ނިންމާލާފައި ވަނީ ވަކީލެއް އައްޔަން ކުރުމަށް އަދީބަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގަ އެވެ.

ޝަރީއަތުގައި އަދީބު ވަނީ އެމްއެމްޕީއާރްސީގެ މައުލޫމާތު ހިއްސާ ކުރުމަށް އެއްބަސްވެފައި ވާތީ މަރުގެ އިންޒާރު ލިބެމުންދާ ކަމަށް ވިދާޅުވެފަ އެވެ. ގައުމު ދޫކޮށްދާން ޖެހުނީ ވެސް މި ސަބަބައްޓަކައި ކަމަށް އަދީބު ވަނީ މީގެ ކުރިން ކްރިމިނަލް ކޯޓުގައި ވިދާޅުވެފަ އެވެ.

ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ ވާގޯ 9 ކިޔާ ޓަގު ބޯޓެއްގައި ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަނިކޮށް އިންޑިއާގެ ޓުޓިކޮރިން ބަނދަރުގެ ބޭރުން އިންޑިއާގެ ސިފައިން އަދީބު އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހު މެންދުރެވެ. އެއަށްފަހު ދިވެހި ސިފައިންގެ އުޅަނދެއްގައި އެމަނިކުފާނު ވަނީ ދިވެހި ފުލުހުން ރޭ ރާއްޖެ ގެނެސްފަ އެވެ.

އަދީބު ރޭ ރާއްޖެ ގެނެސް، ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އެންމެ ފުރަތަމަ ގެންދިއުމުން އެ ކޯޓުން ވަނީ އެމަނިކުފާނު ރާއްޖެ އިން ބޭރުގެ ކަނޑުގެ ސަރަހައްދަކުން ހައްޔަރުކޮށްގެން ރާއްޖެ ގެނައީ ބައިނަލްއަގްވާމީ އުސޫލުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި މިނިވަންކޮށްފަ އެވެ. އޭގެ ފަހުން އަދީބު ހައްޔަރުކުރީ ކޯޓުގެ އެހެން އަމުރެއްގެ ދަށުންނެވެ.
ހިޔާލު

ޢާދަމް

މީ ސިއްދީގު ތަ؟؟

ދިވެހި މީހާ

ސިފައިންގެ އުޅަނދެއްގައި އެމަނިކުފާނު ވަނީ ދިވެހި ފުލުހުން ރޭ ރާއްޖެ ގެނެސްފަ އެވެ. (އެމަނިކުފާނު ހާދަ ގަދައޭ ދޯ)