Hassa committee eh ekulavaalehvumah Majileehug Raees ge islaaheh
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

މުއައްސަސާތަކުގެ މެމްބަރުން އައްޔަން ކުރަން ހާއްސަ ކޮމިޓީއެއް ހެދުމަށް ނަޝީދުގެ ހުށަހެޅުމެއް

މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ.
މިއަދު އޮތް ޖަލްސާގައި ނަޝީދު ވިދާޅުވީ މިހާރު ހުރި ދާއިމީ ކޮމިޓީތަކަކީ މުއައްސަސާތަކަށް ފާރަވެރިވެ ޒިންމާދާރުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީތަކެއް ކަމަށެވެ. އެހެންކަމުން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމަށް ވަކި ހާއްސަ ކޮމިޓީއެއް އޮތުން މުހިންމު ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމަކީ އެއް ކޮމިޓީއެއްގައި މެންބަރުންގެ "ޖަޒުބާތުގައި ޖޯޝުގައި" ނިންމާލެވޭ ވަރަށް ވުރެ މާބޮޑު ކަމެއް ކަމަށެވެ. އެއީ އިޖުރާއަތުތަކެއްގެ ތެރެއިން ވަކިވަކި ފިޔަވަޅުތަކެއް އަޅައި އެކި މޭރުމުން ވިސްނައިގެން ކުރަން ޖެހޭ ކަމެއްކަން ނަޝީދު ފާހަގަކުރެއްވި އެވެ.

އެހެންކަމުން އަލަށް އުފައްދަވާ ހާއްސަ ކޮމިޓީގައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މުގައްރިރުންނާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނުން މުހިންމު ކަމަށް ނަޝީދު ވިދާޅުވި އެވެ. މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމަށް އެކުލަވާލާ ހާއްސަ ކޮމިޓީގެ މުގައްރިރުކަން ކުރެއްވުމަށް ޝައުގުވެރިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އާ ގަވާއިދު އަންނަ އިރު، ނަޒާހަތްތެރި މަޖިލީހެއް ޒިންމާދާރު ދައުލަތެއް ހިންގުމަށް ބޭނުންވާނެ ހުރިހާ ކަންތައްތަކެއް އެ ގަވާއިދުގެ ތެރެއިން އަންނާނެ ކަމަށެވެ.

މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމުގެ ބޮޑު ޒިންމާއެއް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އުފުލި ކަމުގައިވީ ނަމަވެސް، މަޖިލީހުގެ ގަވައިދަށް ބަދަލުތަކެއް ގެނެސް، 17 ކޮމިޓީއެއް އުފައްދައި އެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅި އިރު، މިނިވަން މުއައްސަސާތަކަށް ލިބޭ ބައެއް ބާރުތައް ވަނީ އެހެން ކޮމިޓީތަކަށް ބަހާލައިފަ އެވެ.

އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އައްޔަން ކުރުމުގެ ބާރު މާލިއްޔަތު ކޮމިޓީ އަށް ލިބޭ އިރު، ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު އޮތީ ޖުޑިޝަރީ ކޮމިޓީ އަށެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރުން ކަނޑައެޅުމުގެ ބާރު ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އަށް އޮތް އިރު، މީރާގެ ވެރިން ކަނޑައެޅުމުގެ ބާރު އޮތީ އިގްތިސާދީ ކޮމިޓީތަކަށެވެ.
ހިޔާލު

އަންނި

ރާއްޖޭގެ ހަލާކު