Eid bandhugai Utheemu ganduvarai huvadhoo dhaarul aasaaru hulhuvaane
image
އުތީމު ގަނޑުވަރު--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އީދު ބަންދުގަ ވެސް އުތީމު ގަނޑުވަރާއި ހުވަދޫ ދާރުލްއާސާރު ހުޅުވިފައި ހުންނާނެކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފި

މި އަހަރުގެ އަލްހާ އީދުގެ ބަންދު ދުވަސްތަކުގައި ވެސް އުތީމު ގަނޑުވަރު އަދި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ހުޅުވިފައި ހުންނާނެ ކަމަށް މިނިސްޓްރީ އޮފް އާޓް، ކަލްޗާ އެންޑް ހެރިޓޭޖުން ބުނެފި އެވެ.
ހެރިޓޭޖް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން މިއަދު ވިދާޅުވީ މިއަހަރުގެ އަލްހާ އީދުގެ ބަންދު ދުވަސްތަކުގެ ތެރެއިން އޯގަސްޓް 12 އިން 15 އަށް އުތީމު ގަނޑުވަރާއި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ހުޅުވިފައި ހުންނާނެ ކަމަށެވެ.

މިދުވަސްތަކުގައި އުތީމު ގަނޑުވަރާއި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ހުޅުވިފައި ހުންނާނީ ހެނދުނު 08:15 އިން މެންދުރު ފަހު 01:30 ށެވެ.

އަލްހާ އީދުގެ ބްނަދު ދުވަސް ތަކުގެ ތެރޭގައި މި ދެތަން ހުޅުވުމަށް ހެރިޓޭޖް މިނިސްޓްރީން ނިންމާފައިވީ ނަމަވެސް މި މަހުގެ 10 ވާ ހައްޖު ދުވަހާއި 11 ވާ އަލްހާ އީދު ދުވަސްތަކުގައި އުތީމު ގަނޑުވަރާއި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ބަންދުވާނެ އެވެ.

އީދު ބަންދަށް ފަހު މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް ހުކުރު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހަކު އުތީމު ގަނޑުވަރާއި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ހުޅުވިފައި ހުންނާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އާންމު އުސޫލެއްގެ ގޮތުން މި ތަންތަން ހުޅުވާފައި ހުންނާއީ ހެނދުނު 08:15 އިން މެންދުރު ފަހު 01:30 ށެވެ.
ހިޔާލު