MIRA ge Veriyaa Vaki kurumuge baaru Majileehah dhenee
image
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި މިހާރު ހުންނެވި ޔަޒީދު: ފޮޓޯ / އެމްބީއާރް
1 ކޮމެންޓް
 

މީރާގެ ވެރިޔާގެ ދައުރު ފަސް އަހަރަށް، ވަކިކުރުމުގެ ބާރު މަޖިލީހަށް ދޭން ހުށަހަޅައިފި

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ ދައުރުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ކަނޑައަޅައި ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފިއެވެ.
މި އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަންގެ ދައުރު ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތެވެ. މިހާރު ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގައި މި ދެ މަގާމުގެ މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

މިހާރު ގާނޫނުގައި ބުނެފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވަކި ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި އެކު ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ސިޓީއަކުން މަގާމުން ވަކި ކުރެވޭނެ ކަމަށެވެ.

ނަމަވެސް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަން ނުވަތަ ޑެޕިއުޓީ ޖެނެރަލް އޮފް ޓެކްސްސޭޝަން އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އިހުމާލުވިކަން، ނުވަތަ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރާ ކަމަށް، ނޫނީ ބޯޑުން ފާސްކޮށްފައިވާ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ މުސްތަގިއްލު ކޮމިޝަނުތަކާއި މަގާމުތަކާއި ބެހޭ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކޮމެޓީއަށް ފެނިގެން އެ މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން އެ މަގާމުން ވަކިވާނެ ކަމަށެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަން ނުވަތަ ޑެޕިއުޓީ ޖެނެރަލް އޮފް ޓެކްސްސޭޝަން އަމިއްލައަށް މަގާމުން ވަކިވާން ބޭނުންވެއްޖެ ހިނދެއްގައި ސިޓީއަކުން އެކަން އެންގުމުން މަގާމުން ވަކި ކުރެއްވޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ.

ޓެކްސް ނެގުމާއި ބެހޭ ގާނޫނުގައި މިހާރު ބުނެފައިވާގޮތުން ބޯޑުގެ މެންބަރުން އައްޔަން ކުރަންވާނީ ރައްޔިތުން މަޖިލީހުގެ ރުހުމާއި އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަލަށް ހުށަހެޅި އިސްލާހުގައި ވަނީ މީރާގެ ބޯޑަށް އައްޔަން ކުރައްވާ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަން ޖެހޭނީ މިނިސްޓަރުގެ ލަފާގެ މަތިން ކަމަށެވެ. މީރާގެ ބޯޑަށް އައްޔަން ކުރައްވާ މެންބަރުންގެ ނަންތައް މަޖިލީހަށް ފޮނުވާއިރު ބޯޑަށް މެންބަރުން ބޭނުންވާ އަދަދަށްވުރެ އިތުރަށް ނަން ފޮނުވަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
މީރާ މަޖިލިސް
ހިޔާލު

ކާލި

ބޮޑު ސްޓޯރުގެ ތަޅުދަޑި މާރު. ކޭޓު ގޮޅީގެ ސޭޓުން ގެ އަތުގައި އޮތުންތާ ރަގަޅުވާނީ !