Adeeb filan beynun kuri Tug boat ge massalla eh balanee
image
އަދީބު ފިލުމަށް ބޭނުންކުރި ޓަގު ބޯޓު މާލެ ސަރަހައްދުގައި -- ފޮޓޯ / ސޯޝަލް މީޑިއާ
1 ކޮމެންޓް
 

އަދީބު ފިލަން ބޭނުންކުރި ޓަގު ބޯޓުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ރާއްޖެއިން ފިލުމަށްޓަކައި ބޭނުންކުރި ޓަގު ބޯޓުގެ މައްސަލައެއް ދިވެހި ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓާއި ގުޅޭ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި ބުނީ އެ ޓަގު ބޯޓު މިއަދު ރާއްޖެއައުމުން ހިފަހައްޓާ ދިނުމަށް އެދި މޯލްޑިވްސް ކަސްޓަމްސްގައި އެދިފައިވާނެ ކަމަށެވެ. އެ ބޯޓު ހިފެހެއްޓީ ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ ބޯޓުން ދަތުރުކުރި އެއްވެސް ފަޅުވެރިއެއް ހިފަހައްޓާފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

މި ބޯޓާއި ގުޅޭގޮތުން ފުލުހުން ބަލަމުން ދަނީ ސީދާ ކޮން މައްސަލައެއް ކަމެއް އަދި ނޭނގެއެވެ.
ނަމަވެސް ފުލުހުން މީގެކުރިން ބުނެފައިވަނީ ވަގަށް އިންޑިއާއަށް އަދީބު އެތެރެވާން އުޅުނު މައްސަލައާ އަދި އޭނާ ފިލުމަށް އެހީތެރިވި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ވާގޯ 9 މިހާރު އޮތީ މާލެ ސަރަހައްދުގައެވެ. އެބޯޓު މާލެ ސަރަހައްދުގައި އޮތް ފޮޓޯއެއްވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ބޯޓު ދަތުރުކުރި ޓްރެކް ރެކޯޑުތަކުން އެނގޭ ގޮތުގައި އެ ބޯޓު ރާއްޖެއަށް އައިސްފަނީ އިންޑިއާގެ ޓުޓިކޮރިންއެވެ.

ފިލައިގެން އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް ހައްޔަރުކޮށްފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އޭރު އަދީބު ހުންނެވީ "ވާގޯ 9" ގައެވެ. އަދީބު މާލެ ގެނެސްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެރޭ އަދީބު މާލެ ގެނައުމަށްފަހު ފުލުހުން ވަނީ އަދީބުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންގޮސްފައެވެ. ނަމަވެސް ކޯޓުނއ ެރޭ އަދީބު ދޫކޮށްލީ ގާނޫނާއި ހިލާފަށް އަދީބު ހައްޔަރު ކުރުމުންނެވެ. ނަމަވެސް އެރޭ ފަތިހު އައު ކޯޓު އަމުރެއް ހޯދައިގެން ފުލުހުން ދެވަނަ ފަހަރަށް އަދީބު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔައެވެ.

އަދި އޭނާގެ ބަންދުގެ މުއްދަތުވެސް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް އިތުރު ކޮށްދީފައެވެ.
ހިޔާލު

ސިއްރުފުލުސް

މިޓަގު ބޯޓަކީ ސިންގަޕޫރު ގައި ރަޖިސްޓްރީ ކޮށްފައިވާ ޓަގެއް. ބައިނަލް އަގުވާމީ ގަވާއިދުތައް ބުނާ ގޮތުން ސްޓޯއެވޭ ނުވަތަ ވަގަށް ބޯޓަށް މީހަކު އަރައި އެއިން ދަތުރުކޮށްފިކަން އެނގިއްޖެނަމަ ކަމާބެހޭ ފަރާތްތަކުން ޖެހޭނެ ބޯޓު ރަޖިސްޓްރީ ކޮށްފައިވާ ގައުމުގެ ކަމާ ބެހޭ ފަރާތަށް އެމައުލޫމާތު ވަގުތުން ދޭން. ސިންގަޕޫރަކީ ވަރަށް ހަރުކަށިކޮށް މިބާވަތުގެ ކަންކަން ބަލާ ތަނެއް. ވަރަށް ހަރުކަށި ފިޔަވަޅު އަޅައި ފުރިހަމަ ތަހުގީގުވެސް ހިންގާނެ. ހީކުރަން ސިންގަޕޫރުގެ މަރިޓައިމް އޮތޯރިޓީ އަށް ރާއްޖޭގެ ކަމާބެހޭ ފަރާތުން މިމައުލޫމާތު ދީފައިވާނެކަމަށް.