Mi jehenee Kuree Sarukaarun Haavaafai huri hadi saafu kuran Aa kameh kuran adhi vagutheh nuvey: Transport Minister
image
ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ފޮޓޯ: ސަން
މާއިދާ މުހައްމަދު ރަޝާދު
3 ކޮމެންޓް
 

"މި ޖެހެނީ ކުރީ ސަރުކާރުން ހާވާފައި ހުރި ހަޑި ސާފުކުރަން، އާކަމެއް ކުރަން ވަގުތެއް ނުވޭ"

ޓްރާންސްޕޯޓް ދާއިރާއިން އާ ކަމެއް ތައާރަފުކުރަން އަދި ވަގުތު ނުވާ ކަމަށާއި ފުރަތަމަ މަސައްކަތް ކުރަމުން އަންނަނީ ކުރީ ސަރުކާރުން "ހާވަފައި ހުރި ހަޑި" ސާފުކުރުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ޕާކުކުރުމަށް ޖާގަ ނުދައްކާ ސްޓިކާ ޖަހާ މައްސަލާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު، ކުރައްވާ ސުވާލަކަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް މިއަދު މަޖިލީހަށް ވަޑައިގެން މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

މެމްބަރުންނަށް ސުވާލުކުރެއްވުމަށް ފުރުސަތު ހުޅުވާލުމާއެކު ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ހެލްމެޓު އަޅަން މަޖުބޫރު ކުރުމުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު ކަމާ އެކަމަނާ ހަވާލުވެވަޑައިގަތުމަށް ފަހު އާކަމެއް ތައާރަފުކޮށްފައިވޭތޯ ސުވާލު ކުރައްވާފައެވެ.

ޖަވާބުގައި މިނިސްޓަރު ވަނީ ސަރުކާރަށް އައީ އާ ކަންތައްތަކެއް ކުރަން ނޫން ކަމަށާއި އެކަމަކު އާކަމެއް ކުރަން ވަގުތު ވާނީ ވެސް ކުރީ ސަރުކާރުން ހާވާފައި ހުރި ހަޑި ސާފުކޮށްފައި ކަމަށް ވިދާޅުވެފައެވެ. އަދި މިވަގުތު ކުރަމުން އަންނަނީ ހަޑި ސާފުކުރުމުގެ މަސައްކަތްކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ އާ ޕްލޭނެއް ރާވަލަން ވެސް އަދި ވަގުތު ނުވާ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު އެހެން ވިދާޅުވިއިރު ކުރީ ސަރުކާރުން މާލޭގައި ތަރައްގީ ކުރި މެކޭނިކަލް ޕާކިން ސިސްޓަމްތަކަކީ ރާއްޖެއަށް އެކަށީގެންވާ ތަންތަން ނޫންކަމަށް ބުނެ ޕްލޭނިން މިނިސްޓްރީން ދަނީ އެތަންތަން ނަގަމުންނެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ މެކޭނިކަލް ޕާކިން ސިސްޓަމްތައް ބޭނުންނުކުރެވި ހުރުމުގެ ސަބަބުން ބާ ދަނޑަށް ވެފައި ކަމަށެވެ.
ހިޔާލު

ޖުހާ

ވަގު ސަރުކާރަށް ކުރެވޭނެ އެއްވއސް ކަމެއް ނެތް. ކުރަން ނުވެސް އެނގޭނެ. ނާގާބިލް އިބޫ

ކުނު

ވަގު ސަރުކާރެއް. ބަޖެޓް ހުސްވެއްޖެ. ނޭގޭ ބަޔަކަށް ކޮންކަމެއް ކުރެވޭނީ. ރަގަޅުނޫން ކަންތައްތައް ރަގަޅު ކުރެވޭތޯ ބަލަންވާނެ. އެކަމު ކަންތައްތައް ކޮށްދެނެ ޖެހޭނެ. ވާކަމެއްނެތް. ކުރީ ސަރުކާރުން ކޮށްފަހުރި ބޮޑެތި ޕްރޮޖެކެޓްގެ މަސައްކަތް ކުރިއަށް ގެންދޭ ވާފައިދާ ވަރަށް ބޮޑުވާނެ.

ފިކުރު

މާވަހަރެއްވެސް އެނގޭނީ ދަންނަ މީހަކަށް ދޯ. މިކަހަލަ މީހުން ލައިގެން މިކަން ނުވާނެ. ތަނެއް ދޮރެއް ނޭގޭ ވިއްޔަ. ބޯހަލާކު.