Parking System nagamun dhanee bodu heydha eh kohgen: Minister Nahula
image
ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ-- ފޮޓޯ: ޕީއެސްއެމް
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ޕާކިން ސިސްޓަމް ނަގަމުން ދަނީ ބޮޑު ހޭދައެއް ކޮށްގެން: މިނިސްޓަރު ނަހުލާ

ޕާކިން މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރި މެކޭނިކަލް ޕާކިން ސިސްޓަމްތަކުގެ ބޭނުން ނުކުރާތީ އެތަކެތި ނަގަން ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ގަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދު ފަހަރުގައި ސްޓިކާ ޖަހާނީ ޕާކު ކުރާނެ ޖާގަ ދައްކާފައި ކަމަށް ސަރުކާރުން ބުނި ނަމަވެސް ގިނަ ބަޔަކު ވަނީ ސްޓިކާ ޖަހަމުން އަންނަނީ ޕާކު ކުރާނެ ޖާގަ ނުދައްކާ ކަމަށް ބުނެފައެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ސުވާލަކާއި ގުޅިގެން މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މިނިސްޓަރު ނަހުލާ ވިދާޅުވީ މެކޭނިކަލް ޕާކިން ސިސްޓަމު ބެހެއްޓުމުގެ ސަބަބުން ގެއްލިގެން ދިޔައީ އިތުރު ޖާގަ ކަމަށާއި އެކަމުން އެއްވެސް ފައިދާއެއް ރައްޔިތުންނަށް ނުލިބުން ކަމަށެވެ.

ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ޕާކިން ސިސްޓަމް ބާދަނގަށްވެފައިވާ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެތަކެތިން އާންމުންނަށް ފައިދާއެއް ނުލިބޭތީ މިހާރު އެތަކެތި ސަރުކާރުން ނަގަމުން އަންނައިރު އެކަމަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށެވެ.

އެކަމަކު އެތަކެތި ނެގުމަށް ހަރަދުވާނީ ކިހާ ފައިސާއެއްކަން މިނިސްޓަރު ހާމައެއް ނުކުރައްވާއެވެ. އަދި ޕާކު ކުރާނެ ޖާގަ އިތުރަށް ނުލިބިގެން އުޅެނީ އެކަހަލަ ސަބަބުތަކަކާހުރެ ކަން ވެސް މިނިސްޓަރު ފާހަގަކުރައްވި އެވެ.

ކުރިން މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ޕާކިން ސިސްޓަމްތައް ނަގައި އެތަންތަން ޕާކިން ޒޯނުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައެވެ.

ޕާކިން ސިސްޓަމްތައް ގާއިމުކުރުމަށް ކުރީ ސަރުކާރުން ޖުމްލަ 59.4 މިލިއަން ރުފިޔާ ހޭދަ ކުރި ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ހިޔާލު

ޑިމޮކްރަސީ

ސްޓިކަރ ޖަހާފަ ނިންމަލަނީކީ ނޫން ޓޯޔާޑަށްވެސް ނަގައިގެން އެތައްލާރި އެއް ނަގަނީ