Maafaru airport September ga, Maavarulu airport mi aharu fahu kolhah nimeyne
image
ނ. މާފަރު އެއާޕޯޓުގެ ރަންވޭ--
1 ކޮމެންޓް
 

މާފަރު އެއާޕޯޓު ސެޕްޓެމްބަރުގައި ހުޅުވަނީ، މާވަރުލު އެއާޕޯޓު މިއަހަރު ފަހުކޮޅަށް ނިމޭނެ

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މާފަރު އެއާޕޯޓު ހުޅުވޭނެ ކަމަށާއި މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މާވާރުލު އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހެނދުނު ހާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ނަހުލާ ވިދާޅުވީ މާފަރު އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، "ބައެއް ކަންކަން ޗެކްލިސްޓުގައި ހިމެނޭތީ" އެކަންކަން ކުރަމުންދާ ކަމަށެވެ.

އެކަމަކު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އެއާޕޯޓު ހުޅުވޭނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން މާވަރުލު އެއާޕޯޓުގެ މަސައްކަތް ވެސް ވަރަށް ހަލުވި ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، ސަރުކާރުގެ އެންމެ ބޮޑު ޓާގެޓަކީ މިއަހަރު ނިމުމުގެ ކުރިން އެތަނުގެ މަސައްކަތް ނިންމާލުން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު މަސައްކަތް ކުރަމުންދާ ހުރިހާ އެއާޕޯޓެއް ވެސް ނިނެމޭތޯ، އަންނަ އަހަރުގެ ފެށުމަށް (މާވަރުލު އެއާޕޯޓް) ނިންމޭނެ،" ނަހުލާ ވިދާޅުވި އެވެ.

ނ. އަތޮޅުގައި ތަރައްގީ ކުރަމުންދާ މާފަރު އެއާޕޯޓުގެ މަސައްކަތް ނުނިމިގެން މިއަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ އެތަނުގެ މަސައްކަތުގެ މުއްދަތު އިތުރުކޮށްފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް ސިންގަޕޫރުގެ ޓަފް ކުންފުންޏާ ހަވާލު ކުރީ ޑިސެމްބަރު 24، 2017 ގަ އެވެ.

އެތަނުގެ މަސައްކަތް ނިންމަން އެއްބަސްވީ އޯގަސްޓް 2018 އަށެވެ. އެކަމަކު ވެރިކަން ބަދަލުވިއިރު އެތަނުގެ ބޮޑު މަސައްކަތް އޮތީ ނުނިމި އެވެ.

ގދ. އަތޮޅު މާވަރުލުގައި އެއާޕޯޓު ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
ހިޔާލު

ސަމައީ

ރައީސުންނާ ވަޒީރުންނާއި އަޒީޒުން މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު މިހެން ކިޔުން ހުއްޓާލަންނޖެހޭ ބުނަންވީ މީލާދީ ސަނަތުން 2020 ޖެނުއަރީ 28 ވާ އަންގާރަ ދުވަހު ހެނދުނު 07:00 ގައި އެއަރޕޯރޓް ހުޅުވާނެ ކަމަށް މިގައުމުގަ ވާރުދައްކަން ޖެހޭ ގަޑިޔާ ޖޫރިމަނާ ޢަދަދު ހުރީ ވަގުތާ ދުވަސް ކަނޑައެޅި އިޢުލާނު ކުރެވިފަ އެއަި ރައްޔިތުން އަދާކުރަން ޖެހޭ ބައި ވީމަ ވެރިމީހާ ޙަވާލުވާ ކަންތައް ދުވަސްކަނޑާއަޅާ ބުނަން ނޭނގިގެން މި އުޅެނީ