Dhvaa track ah Aasandhainn faisaa heydha kuri kameh neynge: Muizzu
image
ރަސްފަންނުގެ ދުވާ ޓްރެކް-- ފޮޓޯ: ސަން
0 ކޮމެންޓް
 

ދުވާ ޓްރެކަށް އާސައިންދައިން ފައިސާ ހޭދަ ކުރި ކަމެއް ނޭނގޭ: މުއިއްޒު

ރަސްފަންނު ސަރަހައްދުގައި ގާއިމުކޮށްފައިވާ ދުވާ ޓްރެކް ހަދަން އާސަންދައިން ފައިސާ ހޭދަކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުވާ ޓްރެކް ހަދަން އާސަންދައިން 9.5 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެ ފައިސާ އަނބުރާ ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީގައި އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އާސަންދަ އަކީ ވިޔަފާރި ކުންފުންޏަކަށް ނުވާއިރު އެ ކުންފުނިން ކޮށްގެން ނުވާނެ ހަރަދުތަކެއް ކުރިން ކޮށްފައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްދުގައި ޑރ. މުއިއްޒު ވިދާޅުވީ، އޭނާ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ދުވާ ޓްރެކް ހެދުމަށް އާސަންދައިން ހަރަދުކޮށްފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް އެނގިފައި އޮތީ ސަރުކާރުން އެންސްޕާ އަށް އަންގާފަ އޮތީ ތިން މިލިއަނަށް ވުރެ ބޮޑު ނުވާނެ މިންވަރަކަށް ހޭދަކޮށްގެން އެބޭފުޅުންގެ އަމިއްލަ ބެލުމުގެ ދަށުން ބަޔަކު ހޯދައިގެން ޖޮގިން ޓްރެކެއް ހަދައިދޭން. އެ ޕްރޮޖެކްޓަށް ހަރަދު ކުރިވަރު އެއްވެސް ވަރަކަށް 17 ނޮވެމްބަރު 2018 ގެ ނިޔަލަށް ހައުސިން މިނިސްޓްރީއަށް އެނގިފައެއް ނޯންނާނެ،" މިނިސްޓަރު ސީއެންއެމް އަށް ވިދާޅުވި އެވެ.

އާސަންދައިން ބުނި ގޮތުގައި ދުވާ ޓްރެކަށް 9.5 މިލިއަން ރުފިޔާ ހަރަދު ކުރީ އެންސްޕާ އިން އެކަން ކުރުމަށް ސިޓީއަކުން އެންގުމުންނެވެ.
ހިޔާލު