"Aharenge bank" fund in dhangetheege hurihaa gethakah fothikothalhu
image
ދަނގެތީގެ ގެތަކަށް ކޮތަޅު ބެހުމުގައި-- ފޮޓޯ: ބީއެމްއެލް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ބީއެމްއެލުގެ "އަހަރެންގެ ބޭންކް" ފަންޑުން ދަނގެތީގެ ހުރިހާ ގެތަކަށް ފޮތިކޮތަޅު

ބޭންކޮ އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުގެ ދަށުން އދ. ދަނގެތީގައި ހުރިހާ ގެޔަކަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ހަދިޔާކޮށްފިއެވެ.
ދަނގެތީގެ ޒުވާނެއް ކަމަށްވާ އިބްރާހިމް ފަރުޝާން ކާމިޔާބު ކުރި އެ ޕްރޮޕޯސަލް އާއެކު އިއްޔެ އެ ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާހު ކުރުމުގެ ގޮތުން ވަނީ އެރަށުގެ ކޮންމެ ގެއަކަށާއި، މުއައްސަސާތަކަށާއި، ގެސްޓްހައުސްތައް ހިމެނޭ ގޮތަށް ތިމާވެއްޓާ ރައްޓެހި ކޮތަޅުތައް ހަދިޔާކުރަން ފަށާފައެވެ.

މި ޕްރޮޖެކްޓަކީ އެ ރަށުގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ގޮތުން ހިންގާ ހަރަކާތެކެވެ.



އޭގެ އިތުރުން އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު ދިނުމަށް ޒީރޯ ވޭސްޓް އެމްވީން ވަނީ ދަނގެތި ސްކޫލުގައި، ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ހަރަކާތެއްވެސް ހިންގާފައެވެ.

މިއީ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުން ކުރިޔަށް ގެންދިޔަ ތިން ވަނަ ޕްރޮޖެކްޓެވެ.

"އަހަރެންގެ ބޭންކް" އަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި ކުޅިވަރުގެ ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ހަރަކާތްތަކަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ޕްރޮޕޯސަލްތައް ހޮއްވަވައި އެ ޕްރޮޖެކްޓެއް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިގެން ހިންގާ ޕްރޮގްރާމެކެވެ.
ބީއެމްއެލް ތިމާވެށި
ހިޔާލު