July mahu emme bodu service charge eh dhiny vommuli resortun
image
ވޮއްމުލި ރިސޯޓު--
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

ޖުލައި މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ވޮއްމުލި ރިސޯޓުން

މިދިޔަ ޖުލައި މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓުން ކަމަށް "މޯލްޑިވްސް ސާވިސް ޗާޖް" ގައި އާންމުކޮށްފައިވާ ރިސޯޓް ތަކުގެ ސާވިސް ޗާޖްތަކުން ދައްކައިފި އެވެ.
އެގޮތުން އެ ވެބްސައިޓް ގައި އާންމު ކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 11,188.29 ރުފިޔާ ބަހާފަ އެވެ.

ޖޫން މަހާއި އަޅާ ބަލާއިރު މިއީ 1895 ރުފިޔާގެ އިތުރު އަދަދެކެވެ. ވޮއްމުލި ރިސޯޓުން ޖޫން މަހު ދީފައިވަނީ 9,292.86 ރުފިޔާއެވެ.

ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ޖުމެއިރާ ވިޓަވެލި ރިސޯޓުންނެވެ. އެ ރިސޯޓުން ވަނީ ޖުލައި މަހު 10,678.81 ރުފިޔާ ސާވިސް ޗާޖްގެ ގޮތުގައި ދީފައެވެ.

ލިސްޓުގެ ތިން ވަނައިގައި އޮތް ދުސިތު ތާނީ މޯލްޑިވްސް ވަނީ މިދިޔަ މަހު 10,639.80 ދީފައެވެ.

އެންމެ ބޮޑު ސާވިސް ޗާޖެއް ދެމުން އަންނަ ވެލާ ޕްރައިވެޓް އައިލެންޑްގެ ސާވިސް ޗާޖް ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ މަހު އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް ދީފައިވަނީ 9,334.50 ރުފިޔާއެވެ.
ހިޔާލު

ލަތީފު

ތްރީއޭ. ކޮމްޕަނީން ހިންގާ ފިލިތެޔޮރިސޯޓާ މެދުފުށިރިސޯޓުން ސާރވިސްޗާޖައް ޖެހުނީ 300ރުފިޔާ