Sushma kohdhevaafai massaikkai thah abadhuves handhaan hunnaane: Raees
image
ރައީސް ސާލިހު ސުޝްމާއާ ބައްދަލުކުރައްވަނީ--
0 ކޮމެންޓް
 

ސުޝްމާ ކޮށްދެއްވި މަސައްކަތްތައް އަބަދުވެސް ހަނދާން ހުންނާނެ: ރައީސް

އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ ހަނދާން އަބަދުވެސް ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސުޝްމާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެކަމަނާ އަވަހާރުވުމަކީ އިންޑިއާއަށާއި އެޤައުމުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. ރައީސް ވިދާޅުވީ ސުޝްމާއަކީ ރާއްޖޭގެ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި އެކަމަނާއަކީ އިންޑިއާގެ "ހަޤީޤީ"ދަރިއެއް" ކަމަށެވެ.

ސުޝްމާ ސުވަރާޖު އަވަހާރަވިއިރު ދަރިކަނބަލަކާއި ފިރިކަލެއް ވެސް އެބަ ހުންނެވި އެވެ. އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 67 އެވެ.

އިންޑިއާގައި މިހާރު ވެރިކަން ކުރާ ބީޖޭޕީގައި ވެސް ނުފޫޒު ގަދަ ބޭކަނބަލެއް ކަމަށްވާ ޝުޝްމާ އެގައުމުގެ ހާރިޖީ ވަޒީރުކަން ނުވަތަ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބޮޑުވަޒީރު ކަމުގެ ފުރަތަމަ ދައުރުގައެވެ.

މީގެ ކުރިން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ހަތް ފަހަރު ކާމިޔާބު ކުރައްވާފައިވާ ސުޝްމާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން މިއަހަރު ބޭއްވި އާއްމު އިންތިހާބުގައި ވާދައެއް ނުކުރައްވަ އެވެ.
ހިޔާލު