Youth Ministry ge Executive Director akah Labaan hamajahsaifi
image
މިނިސްޓަރު މަހްލޫފް، އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ލަބާންއާއެކު-- ފޮޓޯ: މަހްލޫފް
0 ކޮމެންޓް
 

ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރަކަށް ލަބާން ހަމަޖައްސައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގައި ފުލުހުންންނަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވެ ޖަލަށްލި ޒުވާން ގޯލް ކީޕަރު ލަބާން ޝަރީފް، ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފި އެވެ.
އޭރުގެ އިދިކޮޅު ފަރާތްތަކުން މޭޑޭގައި މާލޭގައި ކުރި ބޮޑު މުޒާހަރާގައި ފުލުހަކަށް ހަމަލާ ދިނުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ވެސް ކުރިއެވެ. އެކަމަކު މިދިޔަ އަހަރުގެ މެއި 20 ގައި ޕެރޯލްގެ ދަށުން އޭނާ މިނިވަން ކުރިއެވެ.

އިއްޔެ ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށް ލަބާން އައްޔަން ކުރެއްވިއިރު އޭނާ ވަނީ މިއަދު މަސައްކަތަށް ނިކުމެވަޑައިގެންފަ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު މިއަދު ޓްވީޓާ މެދުވެރިކޮށް އެކަން އާންމުކޮށް ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ކީފަރު އެ މިނިސްޓްރީއާ ގުޅިވަޑައިގަތުމަކީ ލިބުނު އުފަލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުގައި އަނިޔާވެރިކަމާއި ދެކޮޅަށް ލަބާން މަސައްކަތް ކުރެއްވިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޔޫތު މިނިސްޓްރީ
ހިޔާލު