Diving dhaonyeh adiyah dhaathee MNDF inn ehee vanee
image
އަޑިއަށްދާ ޑައިވިން ދޯނި-- ފޮޓޯ: އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޑައިވިން ދޯންޏެއް އަޑިއަށް ދާތީ އެމްއެންޑިއެފުން އެހީވާން ފަށައިފި

ޑައިވިން ދޯންޏެއް އަޑިއަށް ދާތީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މާލެ އަތޮޅު ލަކްސް ރިސޯޓު ކައިރީގައި ޑައިވިން ދޯންޏެއް އަޑިއަށް ދާތީ އެމްއެންޑީއެފް ކޯސްޓުގާޑުން އެސަރަހައްދުގައި ހަރަކާތްތެރިވާ ފަށައިފި ކަމަށެވެ.

އެގޮތުން އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:20 ހާއިރު ކަމަށް އެމްއެންޑިއެފުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.
ހިޔާލު