ACC ah ah 5 beyfulhakah Majileehun ruhun dheefi
image
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

އޭސީސީ އަށް ފަސް ބޭފުޅަކަށް މަޖިލީހުން ރުހުން ދީފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން ފަސް ބޭފުލަކަށް މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
މަޖިލީހުން އޭސީސީގެ މެމްބަރު ކަމަށް ރުހުން ދިނީ އެންމެ މަތިން މާކްސް ލިބުނު ހަތަރު ބޭފުޅުންގެ އިތުރުން ހަތް ވަނަ އަށް އެންމެ މަތިން މާކްސް ލިބުނު ބޭފުޅާ އަށެވެ. ދެ ވަނަ އަށް އެންމެ މަތިން މާކްސް ލިބުނު އާދަމް ޝާމިލަށް ރުހުން ލިބޭ ވަރަށް މެމްބަރުންގެ ވޯޓް ނުލިބުމުން އޭސީސީ އަށް އާދެވޭ ގޮތް ވަނީ ނުވެފަ އެވެ.

އެންމެ ގިނަ ވޯޓާއި އެކު އޭސީސީގެ މެމްބަރު ކަމަށް ހޮވުނީ 70 މެމްބަރުންގެ ރުހުން ލިބުނު އަލީ އަޝްރަފެވެ. ދެ ވަނަ އަށް އެންމެ ގިނަ ވޯޓް ލިބުނީ އިބްރާހިމް ޝަކީލް އާއި ފާތިމަތު އަނޫލާ އަދި މަރިޔަމް ޝިއުނާ އަށެވެ. އެ ތިން ބޭފުޅުން އޭސީސީ އަށް ހޮވުނީ ކޮންމެ ބޭފުޅަކަށް ވެސް 69 ވޯޓް ލިބިގެންނެވެ. ފަސް ވަނަ އަށް ހޮވުނު އައިޝަތު އަބްދުﷲ އޭސީސީ އަށް ހޮވުނީ 68 ވޯޓާއި އެކުގަ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިއަދު މެމްބަރުން ހޮވީ، މިހާރު އެ ކޮމިޝަނުގައި ތިއްބެވި ބޭފުޅުންގެ މަގާމުގެ މުއްދަތު އަންނަ މަހު ހަމަވާތީ އެވެ. އަދި މިއަދު ހޮވި މެމްބަރުންނަކީ، ތައުލީމާއި ތަމްރީނުގެ އިތުރުން މަސައްކަތުގެ ތަޖުރިބާ އަށް ބެލމަށް ފަހު، މަޖިލީހުގެ ކޮމިޓީން އިންޓަވިއު ކޮށްފައިވާ ބޭފުޅުންނެވެ.
މަޖިލިސް އޭސީސީ
ހިޔާލު