Pakistan embassy inn Iskandhar School ah 1.3 million Rufiyaa ge thakethi hadhiyaa koffi
image
އިސްކަންދަރު ސްކޫލަށް 1.3 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އިސްކަންދަރު ސުކޫލް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޕާކިސްތާން އެމްބަސީން އިސްކަންދަރު ސްކޫލަށް 1.3 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފި

އިސްކަންދަރު ސްކޫލަށް 1.3 މިލިއަން ރުފިޔާގެ ތަކެތި ޕާކިސްތާނު އެމްބަސީން ހަދިޔާކޮށްފިި އެވެ.
ޖުމްލަ 1.3 މިލިއަން ރުފިޔާގެ ތަކެތި ޕާކިސްތާނު އެމްބަސީން އިސްކަންދަރު ސުކޫލަށް ހަދިޔާ ކޮށްފައިވަނީ ރޭ ބެއްވި ރަސްމިއްޔާތެއްގައެވެ.

އެރަސްމިއްޔާތުގައި ޕާކިސްތާނު އެމްބަސީން އިސްކަންދަރު ސުކޫލަށް އެތަކެތި ހަދިޔާކޮށްދެއްވީ ޕާކިސްތާނުން ރާއްޖެ ކަނޑައަޅާފައި ހުންނަ ސަފީރު ވަސީމް އަކްރަމެވެ. އަދި އިސްކަންދަރު ސުކޫލުގެ ފަރާތުން އެ ތަކެއްޗާއި ހަވާލުވެފައި ވަނީ އެ ސުކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދެވެ.

ޕާކިސްތާނު އެމްބަސީން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި 25 ޔޫޕީއެސް އާއި 150 އެގްޒެކެޓިވް ގޮނޑި އާއި ސައުންޑް ސިސްޓަމާއި އެއަށް ބޭނުންވާ ހުރިހާ ވަސީލަތްތަކުގެ އިތުރުން 55 އިންޗީގެ ސްމާޓް އަށް ޓީވީ ހިމެނެ އެވެ.

އޭގެ އިތުރުން އެ ރަސްމިއްޔާތުގައި އިސްކަންދަރު ސުކޫލުގެ ހޯލުގައި ފަސް އިންޗީގެ 16 ޓީވީ ބަހައްޓައި ޑިޖިޓަލް ޓީވީ ވަނީ އިފްތިތާހް ކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕާކިސްތާނު ސަފީރު ވިދާޅުވީ އިސްކަންދަރު ސްކޫލަށް ކުރިއަށް އޮތް ތަނުގައި ވެސް ދެވެން އޮތް އެހީތެރިކަން ދޭނެ ކަމަށެވެ.
ހިޔާލު