Fiyavatheege faaru mahchah anehkaa ves kudhin thakeh araifi!
image
ފިޔަވަތި ފާރު މައްޗަށް ކުދިންތަކެއް އަރައިގެން އުޅެނީ-- ފޮޓޯ: ތޮއްޔިބު/ޓްވީޓާ
1 ކޮމެންޓް
 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އަނެއްކާ ވެސް ފިޔަވަތީގެ ފާރު މައްޗަށް އަރައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފިޔަވަތީގެ ފާރު މައްޗަށް އެތަނުގައި ދިރިއުޅޭ ކުދިންތަކެއް އަނެއްކާ ވެސް އަރައިފި އެވެ.
ފިޔަވަތި އިމާރާތުގެ ފާރެއްގެ މަތިން ދާ ޖަހާފައި ވާއިރު، އެ ފާރުގެ މައްޗަށް ތިން ފިރިހެން ކުއްޖަކު އަރާ، ދާގަނޑުގައި ހިފަހައްޓައިގެން ތިބޭ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައުރުވެފަ އެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ބުނީ އެއީ މިއަދު މެންދުރު ހިނގި ކަމެއް ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެފަދަ ކަންކަން މަދުން ނަމަވެސް ހިނގާތީ، ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން ވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއް ކުޑަކުދިންގެ ހިޔާގެ ފާރު މައްޗަށް އަރައިގެން އުޅުނު މައްސަލައެއް ފެންމަތިވި އެވެ. އަދި އެތަނުން ބައެއް ކުދިން ފިލައިގެންދާ މައްސަލަތަކެއް ވެސް ހިނގާފައި ވެއެވެ.

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓާ ތަންތަން މިހާރަށް ވުރެ ރަނގަޅު ކުރުމަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ހިޔާލު

ޢަހަރެން

ސާބަސް އހަރެމެންވެސް ބޮޑުވީ ފާރަށްވެސް އަރައިގެން.