MNDF ge onigandah badhalu gennanee
image
އެމްއެންޑީއެފްގެ ތަރުޖަމާން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު-- ފޮޓޯ: ދަ އެޑިޝަން
1 ކޮމެންޓް
 

އެމްއެންޑީއެފްގެ އޮނިގަނޑަށް ބަދަލު ގެންނަނީ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ތަރުޖަމާން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އެ ބަދަލު ގެންނަނީ ސިފައިންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.

އެގޮތުން އެމްއެންޑީއެފްގެ ތިން ގިންތިއެއްގެ ސިފައިންނަށް ޕްރޮމޯޝަން ދިނުމުގެ މަސައްކަތް ފަށާފައިވާކަން މަންސޫރު އިއުލާން ކުރެއްވި އެވެ.

އޮނިގަނޑަށް ގެންނަ ބަދަލުގެ ސަބަބުން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ފަސޭހަ ވާނެ ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އަލިފާން ނިއްވުމުގެ މަސައްކަތަށް ގެންނަ ބަދަލުގެ ދަށުން މިހާރު އޮންނަ އޭރިއާ ކޮމާންޑް އޮނިގަނޑުގެ ތެރެއަށް އިތުރު ރަށްތައް ލާނެ ކަމަށް މަންސޫރު ވިދާޅުވި އެވެ.

އަދި އަވަސް ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް އޮޕަރޭޝަން ކެޕޭސިޓީ ވަރުގަދަ ކުރުމަށް ވެސް މަސައްކަތް ކުރާން ކަމަށް ވިދާޅުވި އެވެ.
އެމްއެންޑީއެފް
ހިޔާލު

ރަށުމީހާ

އަލިފާން ނިއްވުމުގެ ކަންތައް ކުރިއަރާނީ މީހާރު ޖަޕާނުން ދީފައި ހުރި ވެހިކަލް ތައް ހުޅުމާލޭގައި ހުރެ ހަލާކުނުވަނީސް އޭރިޔާ ތަކައް ފޮނުވަިގެން.