Dhaulathuge budget deficit kuda vejje
image
ފިނޭންސް މިނިސްޓްރީ--
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

ދައުލަތުގެ ބަޖެޓު ޑެފިސިޓް ކުޑަވެއްޖެ

ދައުލަތުގެ ދަރަނިވެފައިވާ މިންވަރު ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު މިދިޔަ ހަފްތާގެ މާލީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޖުލައި 18 އިން 25 އަށް ނެރުނު ތަފާސްހިސާބުތަކުގައިވާ ގޮތުން ބަޖެޓު ޑެފިސިޓަކީ 586.7 މިލިއަން ރުފިޔާ އެވެ. ނިމުނު ހަފްތާގައި އެ އަދަދު ވަނީ 455 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.

މިހާރު ބަޖެޓު ޑެފިސިޓަކީ 130 މިލިއަން ރުފިޔާ އެވެ.

ސަރުކާރުން މި އަހަރުގެ ބަޖެޓަށް 27 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު މިއަހަރުގެ މިހާތަނަށް ވަނީ 14.4 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

އޭގެ ތެރެއިން 76 އިންސައްތަ އަކީ ރިކަރަންޓް ހަރަދަށް ވާއިރު އަނެއް 24 އިންސައްތަ އަކީ ކެޕިޓަލްގެ ގޮތުގައި ހޭދަ ކުރި އަދަދެވެ.

އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި މިއަހަރު 23.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ދައުލަތުން ލަފާކުރާ އިރު މި އަހަރުގެ މިހާތަނަށް ލިބިފައި ވަނީ 14.3 ބިލިއަން ރުފިޔާ އެވެ.
ބަޖެޓް ފިނޭންސް
ހިޔާލު

ބަޖެޓް ޑެފިސިޓް ކުޑަވާ ސަބަބު

ސަރުކާރުގެ އޮފީސްތަކަށް ދީފައިވާ ބަޖެޓްތައްވަނީ ވަރަށް ބޮޑުތަން ކުޑަކޮށްފައެވެ. އޮފީހަށް ބޭނުންވާ އެންމެ ލެޕްޓޮޕެއް، ކޮމްޕިއުޓަރެއް ގަނެލާނެވަރަށްވެސް ބައެއް އޮފީސްތަކަށް ނުދެއެވެ. އެކަމަކު ފައިސާ ވައްދާ އޮފީސްތައް ކަމުގައިވާ މީރާ ކަހަލަ ތަންތަނަށް ބޮޑެތި ބަޖެޓް ދެއެވެ. ސަރުކާރުގެ ހުރިހާ އޮފީސްތަކުގެ މެންޑޭޓުގައި ފައިސާ ވެއްދުން ނުހިމެނުމަސް އެބައެއްގެ މެންޑޭޓުގައިވާ ކަންތައްކުރެވޭނީ އެކަންކަމަށް އެކަށީގެންވާ ބަޖެޓް ދީގެންނެވެ. މިގޮތަށް ބަޖެޓް ހެސްކިޔާފައި ކުޑަކޮށްލަނިކޮށް ބަޖެޓް ޑެފިސިޓްވެދާނެއެވެ. އެކަމަކު ތިބެންޖެހޭ ކުރަންޖެހޭ ކަންތައްތައް ނުކޮށެވެ.