Eid chuttee ah furaa meehun avahah check in vumah MACL inn edhijje
image
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)-- ފޮޓޯ: އެމްއޭސީއެލް
0 ކޮމެންޓް
 

އީދު ޗުއްޓީ އަށް ފުރާ މީހުން އަވަހަށް ޗެކިން ވުމަށް އެމްއޭސީއެލް އިން އެދިއްޖެ

އަޟްހާ އީދާއި ގުޅިގެން ލިބޭ ބޮޑު ޗުއްޓީގައި ގިނަ ބަޔަކު އެކި ތަންތަނަށް ފުރުމަށް ތައްޔާރުވަމުން އަންނަ އިރު، އެއާޕޯޓަށްދާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ޗެކިން ވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެ އެވެ.
މިއަހަރު ހައްޖު ދުވަހަކީ އޯގަސްޓް 10 އަށް ވުމުން އަޟްހާ އީދަކީ އޯގަސްޓް 11 ވާ އާދީއްތަ ދުވަހެވެ. ބޮޑު އީދާއި ގުޅިގެން މި ހުކުރު ދުވަހުން ފެށިގެން ގާތްގަނޑަކަށް 11 ދުވަހަށް ސަރުކާރު ބަންދު ވާނެ އެވެ. އެހެންވެ ގިނަ ބަޔަކު އަންނަނީ ޗުއްޓީ އަށް ތައްޔާރުވަމުންނެވެ.

އެމްއޭސީއެލުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޓާމިނަލަށް ދާން ޖެހޭ މީހުން ވެސް ވީއެންމެ އަވަހަކަށް ޗެކިން ވުމަށް އެދޭ ކަމަށެވެ. އެއީ ދިގު ކިޔުތައް އޮންނާނެ ކަމަށް ލަފާ ކުރެވޭތީ އާއި މީހުން ގިނަވުމުން ފްލައިޓްތައް ފުރުން ލަސްވުން ފަދަ ކަމެއް ދިމާ ވެދާނެތީ އެވެ.
ހިޔާލު