MMPRC ge massalaiga suspendkuri Major Naveen enburi vazeefaa ah
image
މޭޖާ އިބްރާހިމް ނަވީން ޒުބައިރު--ފޮޓޯ: ސަން
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

އެމްއެމްޕީއާރުސީގެ މައްސަލާގައި ސަސްޕެންޑްކުރި މޭޖާ ނަވީންގެ ސަސްޕެންޝަން އުވާލައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ނެރުނު ރިޕޯޓާ ގުޅިގެން ސަސްޕެންޑް ކުރި އެމްއެންޑީއެފްގެ މޭޖާ އިބްރާހިމް ނަވީން ޒުބައިރު ގެ ސަސްޕެންޝަން އުވާލައިފިއެވެ.
މިއަދު އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ޗީފް ސްޕޯކްޕާސަން ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ނަވީން އެނބުރި ވަޒީފާއަށް ނުކުންނަން ފެށީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ކުރުމަށް ފަހު، ހިޔާނާތުގެ ކަމެއް ފާހަގަކުރެއްވިފައި ނުވާތީ ކަމަށެވެ.

ނަވީންގެ މައްސަލައާއި ގުޅެގޮތުން އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ނުދެއްވައެވެ. އަދި ނަވީންއަށް ޕްރޮމޯޝަން ދޭން ނިންމާފައިވާ ކަމުގެ އަޑު ފެތުރިފައިވާ ކަމަށް ބުނެ ނޫސްވެރިޔަކު ސުވާލުކުރުމުން އެކަމާބެހޭގޮތުން ޒަކަރިއްޔާ ޖަވާބެއް ނުދެއްވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން ފައިސާ ޖަމާކުރި ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނާ މޭޖާ އިބްރާހިމް ނަވީން ޒުބައިރު ރާއްޖެ އައުމުން ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތަހުގީގު ރިޕޯޓުގައި އެސްއޯއެފުން މަނީ ލޯންޑަރިން ހިންގި ގޮތާއި އެމްއެމްޕީއާރުސީ އަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފް އެކައުންޓްތަކަށް ޖަމާކޮށް، ޑޮލަރު ވިއްކުމުގެ މުއާމަލާތް ހިންގި ގޮތާއި ފައިސާ ޖަމާކުރި 155 މީހުންގެ ތަފްސީލްތައް ހިމަނާފައިވެ އެވެ.

އޭގެތެރޭގައި ސިފައިންގެ ދެ ބޭފުޅުން ހިމެނޭއިރު މޭޖާ ނަވީން އަކީ އެތަނުން އެކަކެވެ. އޭސީސީގެ ރިޕޯޓުގައި ވާގޮތުން އެސްއޯއެފުން އޭނާގެ އެކައުންޓަށް 100،000 ޑޮލަރު ޖަމާކުރިއެވެ.

އެމައްސަލާގައި މޭޖާ ނަވީން އާ ކެޕްޓަން އިސްމާއީލް ޝަކީބް ގޭގައި މަޑުކުރެވުމަށް އެމްއެންޑީއެފުން ވަނީ އަންގައިފަ އެވެ.
ހިޔާލު

ޙުސެން

އެއްލައްކަ ޑޮލަރ ޖަމާކުރީ ކީއްވެގެންބާ؟