High Court ge fandiyaaru hussain shaheed ge mahsala eh balanee
image
ހައިކޯޓް
ސީއެންއެމް
1 ކޮމެންޓް
 

ހައިކޯޓްގެ ފަނޑިޔާރު ހުސައިން ޝަހީދުގެ މައްސަލައެއް ބަލަނީ

ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރު ހުސައިން ޝަހީދުއާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައެއް ބެލުމަށް ނިންމާފައިވާކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން ޖޭއެސްސީން ބުނެފިއެވެ.
ޝަހީދުއާއި ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާއެއް ބެލުމަށް ނިންމާފައިވަނީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އެކޮމިޝަނުން ނުދެއެވެ.

ޝަހީދުގެ މައްސަލައެއް ބެލުމަށް ނިންމިއިރު ކ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބް އަހުމަދާއި ފެމެލީ ކޯޓްގެ އިސްގާޒީ ހަސަން ސައީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ޖޭއެސްސީން މިއަދު ވަނީ ނިންމާފައެވެ

މީގެއިތުރުން ރ މާކުރަތު ކޯޓްގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސައިން އާއި ގުޅޭގޮތުން ހުށަހެޅުފައިވާ މައްސަލައެއް ބަލަމުންދާތީ އެމައްސަލާގައި ގޮތެއް ނިމެންދެން އަދުނާން ސަސްޕެންޑް ކުރުމަށްވެސް ޖޭއެސްސީން މިއަދުވަނީ ނިންމާފައެވެ.
ޖޭއެސްސީ ހައިކޯޓް
ހިޔާލު

ވަކާލާތު

މިސަރުކާރު އައިސްގެން ލިބުނު އުފަލަކީ މިއީ. ދަޢުލަތުގެ، ޙާއްސަކޮށްް ފަނޑިޔާރުގޭގެ ފަނޑިޔާރުނގެ މައްސަލަވެސް ބެލޭތަން ފެނުން.