Halheykuge adu ivunu, gein nikuthee haisham aa zihan: Heki
image
ޔާމީން ރަޝީދުގެ މައްސަލާގައި ދައުވާ ލިބޭ މީހުންތައް --
1 ކޮމެންޓް
 

ވޭނެއް ލިބުމުން ލަވާ ހަޅޭކުގެ އަޑު އިވުނު، ގެއިން ނިކުތީ ހައިޝަމްއާ ޒިހާން: ހެކި

ބްލޮގަރު ޔާމީން ރަޝީދު މަރާލި ރޭ، މައްސަލައިގެ ދައުވާ ލިބޭ ދެ މީހަކު ޔާމީން ދިރިއުޅޭ ގެއިން ނިކުމެގެން ދިޔަ މަންޒަރު ފެނުނު ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު މީހަކު ހެކިބަސް ދީފިއެވެ.
ޔާމީން ރަޝީދު މަރާލީ 2017ވަނަ އަހަރު އޭނާ ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރޭގައެވެ. ދައުލަތުން މި މައްސަލާގައި ދަައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ ހަ މީހުންގެ މައްޗަށް ވެސް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މި މައްސަލާގައި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ދެމުން މިއަދު ހެކިބަސް ދިން މީހާ ބުނީ ޔާމީން ރަޝީދު މަރާލި ރޭ މައްސަލައިގެ ދައުވާ ލިބޭ އިތުރު މީހަކު އޭގެ ތެރެއިން އެކަކު ގޮވައިގެން ސައިކަލުގައި ދިޔަ މަންޒަރު ފެނުނު ކަމަށެވެ. އަދި އެގޭގެ ތެރެއިން ހަޅޭކުގެ އަޑުވެސް އިވުނު ކަމަށް އޭނާ ބުންޏެވެ. އިވުނު އަޑަކީ އަނިޔާއެއް ލިބިގެން މީހަކު ހަޅޭއް ލަވާ ފަދަ ގޮތަކަށް އިވުނު އަޑެއް ކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ އޭގެ އިރުކޮޅެއް ފަހުން އެގެއިން ދެމީހަކު ނިކުމެގެން ދިޔަ ކަމަށާއި އަދި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ފަހަތަށް އެކަކު އަރައިގެން ދިޔައިރު ދެވަނަ މީހާ އަރައިގެން ދިޔައީ ޕާކު ކޮށްފައި ހުރި ސައިކަލަކަށް އަރައިގެން ކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ އެގެއިން ނިކުމެގެން ދިޔައީ ދައުވާ ލިބޭ ހައިޝަމާއި ޒިހާނު ކަމަށެވެ. އަދި ސައިކަލެއްގައި މަޑުކޮށްގެން އިނީ ދައުވާ ލިބޭ އިސްމާއިލް ރަޝީދު ކަމަށެވެ. ހައިޝަމް އެރީ އިސްމާއިލް ރަޝީދުގެ ސައިކަލު ފަހަތަށް ކަމަށްވެސް ހެކިވެރިޔާ ދިން ހެކިބަހުގައި ބުންޏެވެ. ނަމަވެސް ހައިޝަމާއި ޒިހާނުގެ މޫނު މަތީގައި ސާޖިކަލް މާސްކު އަޅާފައިވާ ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި އެ ދެމީހުން ދިޔައީ ހެކިވެރިޔާއާ ދެތިން ފޫޓު ދުރުން ހިނގާފައި ކަމަށްވެސް ބުންޏެވެ.

ހެކިވެރިޔާ ބުނީ ސިފަ ބަދަލު ކުރަން އިސްތަށިގަނޑެއް ހައިޝަމާއި ޒިހާން ޖަހާފައިވީ ނަމަވެސް އެ ތިން މީހުންވެސް ސައިކަލުގައި ދިޔައީ ހެކިވެރިޔާއަށް ފާހަގަކުރެވޭހާ ކައިރިން ކަމަށްވެސް ބުންޏެވެ.

މި މައްސަލާގައި ސިއްރުން ހެކިބަސް ދިން ދެވަނަ މީހާ ބުނީ އޭނާއަކީ ޔާމީން ދިރިއުޅޭ ގެއިން އޭނާ މަރާލި ރޭ އެކި ފަހަރު ވަދެ ނިކުމެ ހެދި މީހެއް ކަމަށެވެ. އެގޮތުން އެރޭ ދަންވަރު ދެފަހަރެއްގެ މަތިން އެގެއަށް އޭނާ ވަން ކަމަށްވެސް ބުންޏެވެ. އެގޮތުން ފާހަގަކުރެވުނު އެއް ކަމަކީ ފުރަތަމަ ފަހަރު ވަންއިރު ސިޑިގޮޅީގައި އަލިކަން ހުރި ކަމަށާއި ނަމަވެސް ދެވަނަ ފަހަރު ވަންއިރު ސިޑިގޮޅީގައި އަލިކަމެއް ނެތް ކަމަށް ހެކިވެރިޔާ ދޭއް ބުންޏެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ އެ މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށެވެ.
ހިޔާލު

ޒާ

ކިހިނެއް އެނގެނީ އެއީ ހައިޝަމް އާއި ޒިހާން ކަމެއް. މާސްކް އަޅާއިގެންނޭ ތިބީ އެކަމަކު އެބަ އެނގޭ އެއީ އެދެމީހުންކަމެއް. މިއީ އަޖައިބެއް ފަދަ ދޮގު ހަދާ ބައެއް